
ބީޗް ވޮލީން ރާއްޖެ ހޯދި ފުރަތަމަ ރަންމެޑަލާއެކު
އެޑަމްއާ ކުޑަކާއްޓޭ ރަން މެޑަލް ހޯދައިފި
ސްޕޯޓްސް ޓީމް
30 ޑިސެމްބަރ 2022 - 12:01:50
އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހޯދައިފިއެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ އޭޝިއަން ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެޑަމްއާ ކުޑަކާއްޓޭގެ ޕެއާއިން މިއަދު ހޯދީ ނޭޕާލްގެ މަން ބަހާދުރު ޝްރެސްތާ އާއި ދިލް ބަހާދުރު ސުނާރާ ބަލިކޮށްގެނެވެ. ފައިނަލް މެޗު އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާ އިން ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ.
މިއީ ސަރަހައްދީ ބީޗް ވޮލީބޯޅަ މުބާރާތަކުން ރާއްޖެއަށް ރަން މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.
ބަންގްލަދޭޝްގެ ކޮކްސް ބާޒާރު ބީޗް ކުޅުނު މި މުބާރާތުގެ ރަން މެޑަލް އެޑަމް އާއި ކުޑަކާއްޓޭގެ ޕެއާއިން ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްގެންނެވެ. ސެންޓްރަލް ޒޯން ބީޗް ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް އަދި ކިރްގިސްތާނާއި ބޫޓާންގެ އިތުރުން ދެން ވާދަކުރީ ނޭޕާލާއި ޕާކިސްތާނެވެ.
60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް