އެހެނީ، މި ދެންނެވުނު މައިގަނޑު ދެ އަސާސަކީ ކޮންކްރީޓް ތަރައްގީ އާއި، އިންސާނާގެ ބުއްދި އާއި ފިކުރަށް އަންނަ ތަރައްގީއެއް ކަމުގައި ބެލެވިދާނެ އެވެ. މި ދެންނެވީ ސިޔާސީ ރަދީފުން ޕޯޑިއަމް ތަކުގައި ތަރައްގީ މާނަ ކުރީމާ ފަހުމުވާގޮ ތެވެ. އެންމެ ރަނގަޅެވެ. ހިޔާލު ތަފާތުވި ނަމަހީ ތައީދުކުޅަ ލީޑަރުގެ ބަސްމަގުން މާނަ ފުރިހަމވެދާ ނެތެވެ.
އަސްލު، ހަގީގަތަކީ އެއް އުރައެއްގައި އޮތް ދެމިޔަލީ ކަނޑިއެއްގެ މިސާލެވެ. ތަރައްގީއަށް ކޮންކްރީޓް އަޅަންޖެހެ އެވެ. ހަމަ އެހެންމެ އިންސާނާ އޭނާގެ ބުއްދި އާއި ފިކުރަށް ފެންނަ އެއްޗެއްގެ ހެޔޮނުބައި ދެނެގަނެވެންޖެހެ އެވެ. ބިރެއް ނެތި އެވެ. މަޖުބޫރުކަމެއް ނެތި އެވެ. އެއީ ދިރިއުޅުން ތުރާލަކަށް ވުމަށް ނޭދޭތީ އެވެ. ހިތާމަ ހުއްޓެވެ. ކަންހިނގާ މަގަކީ ކޮބައިކަން މޭރުންވުމުން ނެވެ. އަސްލު އޮޅެނީ އެވެ. އާންމު މަސްލަހަތު ގެއްލި ރައްޔިތު މީހާއަށް އަސްލު ތަރައްގީ މިނާނެ ގޮތް ނެތި ދަނީ އެވެ.
ކީއެއްތަ؟ ކަން ހިނގާ މަގަކީ ވަކިބައެއްގެ މުށުތެރެއަށް ތަރައްގީ މަހާލަނީ އެވެ. ދެ ގޮތަކުން ނެވެ. ފަހަތަށް ޖެއްސުމާއި، ކަޅުފައިސާގެ ތެރެއިން ނެވެ. އަދު ތޯ އެވެ. އޮބިއަޅުވަން އަބަދު ވެސް ފަސޭހަވަނީ މޭލި ކުރީމަ އެވެ. ފޫހި ކެރީމަ އެވެ. އަދުގެ ހާލަތު މިނޫން ގޮތަކަށް އެނބުރި ހިނގައިދާނެ ހެއްޔެވެ؟
މިހެންވެ، ކުރިހައި އެންމެ ކަންކަން ފަނުފުލުން ދިޔަކަމުގެ އިހުސާސުގައި އިހުލާސްތެރިން މޭކަރާ ގޮތް ވަނީ އެވެ. ކީއްވެ ބާއެވެ؟ އަދުލު ނެތީހެއްޔެ ވެ؟ އިންސާފު ލިބޭ ހެއްޔެވެ؟ އެންމެ އަސާސީ ހިދުމަތުން މަހުރޫމު ވަނީ ހެއްޔެ ވެ؟ ތިބާ ކުޅަ މަސައްކަތުގެ ހަމަ އުޖޫރަ ލިބޭ ހެއްޔެވެ؟ އަލުން އަނެއްކާ ބޭސް ސިޓީ އުފުލަން ޖެހުނީ ހެއްޔެވެ؟ އިތުރުވެ އުތުރުނީ ކޮންކަމެއް ހެއްޔެވެ؟ ޝަކުވާ އެވެ، ފުއްދުނު މުރާދެއް ނެތެވެ. އުފެއްދުނު އިތުބާރެއް ވެސް ނެތެވެ.
ތަރައްގީ މިނާނީ ބުއްދީގެ ތަރާދުން ނެވެ. ޖީބަށް އިތުރުވާ ހަލާލު ނަފާއިން ނެވެ. ގައުމަކަށް ރައްޔިތަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކަށް އޮންނަން ވާނީ ރައްޔިތު މީހާ ތަރައްގީ ކޮށްދިނު މެވެ. ހިންގާލަން ލިބޭ ދަނޑިވަޅުތަކުގައި ހިލާލުން ހިންގަނީ ނަމަތޯ އެވެ؟ ބޭރުފުށަށް ފުރިހަމަ ވިޔަސް އެތެރެ ހަމަ ވަރިހަމަ ވަނީ އެވެ. ކެވޭތީ އެވެ. މާލީ މަންފާ ލިބޭތީ އެވެ. ވެރިޔަކާއި ވެރިއެއްނެތި އެވެ. ތިމަތިމާއަށް ވީ ގޮތަކުން ނެވެ. އަހުން ދެން ވެސް ކިޔަންވީ ހެޔޮވެރިކަމެވެ.