ads
ސަލާންޖެހުުމުގައި ފުދުންތެރިކަން ހުރި މީހުންވެސް އުޅޭ----ފޮޓޯ: މިހާރު
ފަގީރުކަން ކުރިމަތިވުމުން، ސަލާންޖަހާނަމަ އެމީހެއްގެ ފަގީރުކަން ނުފިއްލަވާނެ: ހުތުބާ
މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ "އިގްތިސާދު ކުރުން" މި މައުލޫގެ މައްޗަށެެވެ. ހުތުބާގައި ބުނީ، އިސްރާފު ކުރާ މީހުންދެކެ މާތްﷲ ލޯބިވެވޮޑިގެނެއް ނުވާ ކަމަށާއި، މުއުމިނުންގެ ސިފައަކީ މާތްﷲ ތިމާއަށް ދެއްވި އެއްޗަކަށް ފުދިގެން އިގްތިސާދު ކޮށްގެން ދިރިއުޅުން ކަމަށެވެ.

ހުތުބާގައި ބުނީ، ލިބިފައިިވާ މިންވަރަށް ރުުހި މާތްﷲ އަށް ޝުކުރު ކުރުންމަތީ ދެމިތިބޭ މީހުންނަށް ތައުރީފުގެ ބަސް މާތްﷲ ރައްދުކުރައްވާފައިވާ ކަމަށާއި، އެފަދަ މީހުންނަށް މާތްﷲ ކަނޑައަޅުއްވާފައިވާ މުއްދަތެއްގައި ތަނވަސްކަމާއި ތިޔާގިކަން ދެއްވާނެ ކަމަށެވެ.

"މާނައީ: ﷲގެ މަގުގައި ޖިހާދުކުރުމުގައި ބަންދުވެފައިވާ މީހުންނަށް ސަދަގާތް ދިނުން ހުއްޓެވެ. އެއުރެންނަށް ދިރިއުޅުމުގެ މަސައްކަތް ކުރުމަށް ބިމުގައި ދަތުރުފަތުރު ކޮށެއް ނޫޅެވެ އެވެ. އެއުރެންގެ ހަބަރު ނުދަންނަ މީހާ ހީކުރަނީ އެއްޗިއްސަށް ނޭދުމުގެ ސަބަބުން އެއީ މުއްސަދިން ކަމަށެވެ. އެއުރެންގެ އަލާމާތްތަކުން ތިބާއަށް އެއުރެން އެގޭނެތެވެ. އެއުރެން އެއްޗިއްސަށް އެދި މީހުންނަށް އާދޭސްކޮށެއް ނޫޅޭނެތެވެ. ތިޔަބައިމީހުން މުދަލުން ހޭދަކުރާ ކޮންމެ އެއްޗަކާއިމެދު ދަންނާށެވެ. ފަހެ ހަމަކަށަވަރުން އެއުރެން އެކަންތައް މޮޅަށް ދެނެވޮޑިގެން ވެއެވެ. " މާތް ﷲ ވަހީކުރައްވާފައި ވެއެވެ.

ހުތުބާގައި ބުނީ، ތިމާގެ އަތުގައި ހުރި އެއްޗެހި ހޭދަކުރަންވީގޮތްވެސް މާތްﷲ އަންގަވާފައިވާ ކަމަށެވެ. އެގޮތުން މުދަލުން ހޭދަކުރުމުގައި އިސްރާފު ނުކުރުމާއި، ހޭދަކުރުމުގައި މުއްބާރު ނުކޮށް އެދެމެދުގައި މެދުމިން ކުރުމަށް މާތްﷲ އަންގަވާފައިވާ ކަމަށެވެ. ނަމަވެސް ބައެއް މީހުން ކަންކުރަމުންދަނީ އެޔާއި ހިލާފަށް ކަން ފާހަގަކޮށް ހުތުބާގައި ބުނީ، ތިމާގެ އާންމުދަނީއަށް ބެލުމެއްނެތި ބާޒާރަށް އަަލަށް އަންނަ ކޮންމެ އެއްޗެއް ބައެއް މީހުން ހޯދާ ކަމަށާއި، ދަރިންގެ ކުޅޭ އެއްޗެހި ބާ ނުވަނީސް އާ އެއްޗެހި ގަނެދީ، ހަދާ ކަމަށެވެ. އަދި އަތުގައި ފުއްދުންތެރިކަން ނެތަސް ދަރަނި ނުވަތަ ލޯނުނަގައިގެންނާއި، ސަލާންޖަހައިގެން ވެސް ބޭކާރު ހަރަދުތައް ކުރާ ކަމަށެވެ. 

"ސަލާންޖަހައިގެން އެއްޗެހި ހޯދުމުގެ ނުބައިކަންް ބަޔާންކުރައްވާ މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. މާނައީ: އެމީހަކަށް ފަގީރުކަމެއް މެދުވެރިވާ ހިދު، އެހެންމީހުންނަށް އެކަން ރައްދުކޮށް، އެބަހީ އެހެންމީހުންގެ ކިބައިން ތަކެއްޗަށް އެދި ސަލާންޖަހާނަމަ، އެމީހެއްގެ ފަގީރުކަން ނުފިއްލަވާ ހުއްޓެވެ. އަދި މާތްﷲގެ ހަޒުރަތުން ފަގީރުކަން ފިއްލެވުމަށް އެދެފިނަމަ އަވަސް ގޮތަކަށް ނުވަތަ ލަހުންވިޔަސް މާތްﷲ އެމީހާއަށް ރިޒުގު ތަނަވަސްކޮށްދެއްވާ ހުއްޓެވެ."

މުދަލަށް ދަހިވެތިވުމުގެ ނުބައިކަމާއި ފުދުންތެރިވުމުގެ ހެޔޮކަން ރަސޫލާގެ ހަދީސްތަކުން ވެސް ސާބިތުވެއެވެ. މާތްﷲގެ ރުއްސުންލެއްވި ހަކީމު ބުން ހުޒާމުގެ އަރިހުން ރިވާވެގެނެ ވެއެވެ. އެކަލޭގެފާނު ވިިދާޅުވި އެވެ. ތިމަންނާއަށް އެއްޗެއް ދެއްވުން އެދި ރަސޫލާއަށް ދެންނެވީމެވެ. އެކަލޭގެފާނު ތިމަން އެދުނު އެއްޗެއް ތިމަންނާއަށް ދެއްވި އެވެ. އެޔަށްފަހު އަދިވެސް ތިމަންނާއަށް އިތުރަށް ދެއްވުމަށް އެދުނީމެވެ. އެކަލޭގެފާނު ތިމަންނައަށް ދެއްވި އެވެ. އަނެއްކާވެސް ތިމަންނާއަށް ދެެއްވުމަށް އެދިއްޖައީމެވެ. އެހިދު އެކަލޭގެފާނު ތިމަންނައަށް ދެއްވި އެވެ. އަދި ތިމަންނާއާއި މުހާތަބު ކުރައްވާ ހަދީސް ކުރެއްވި އެވެ. 

"އޭ ހަކީމެވެ. މި މުދަލަކީ ފެހި ފޮނި އެއްޗެކެވެ. އެބަހީ މުދަލަކީ މީސްތަކުން އެޔަށް އެދުން ބޮޑު އެއްޗެކެވެ. ހިތުގެ ތަނަވަސްކަމާއިއެކު އެމުދާ ލިބިގެންފި މީހާއަށް އޭނާގެ މުދަލުގައި ބަރަކާތް ލައްވާ ހުއްޓެވެ. އަދި އެމީހެއްގެ ނަފްސުގެ ދަހިވެތިކަމާއިއެކު އެމުދާ ލިބިގެންފި މީހާ ދަންނާށެވެ. އޭނާގެ މުދަލުގައި ބަރަކާތެއް ނުލެއްވޭ ހުއްޓެވެ. އެފަދަ މީހެކޭ ކައިގެން ބަނޑު ނުފުރޭ މީހެކޭ އެއްގޮތެެވެ."

ހާޖަތްތެރީންގެ ބޭނުންތައް ފުއްދުމަށް ދަރަނި ނެގުމަކީ ހުއްދަ ކަމެއް ނަމަވެސް، އެ ދަރަނި ފުއްދުމަށް އަވަސްވެގަންނަންޖެހޭކަން ހުތުބާގައި ފާހަގަކުރި އެވެ. އެއީ އިންސާނުންގެ ދިރިއުޅުމަކީ އޭގެ މިންވަރު ކަނޑައެޅިފައިވާ އެއްޗަކަށްވުމުން ނެވެ. 

ދުނިޔޭގައި ހޭދަކުރާ ދުވަސްތަކަކީ އަޖަލު ކަނޑައެޅިފައިވާ މަދު ދުވަސްތަކެއް ކަމުން، މީހުންގެ ހައްގުތަކާއި، ދަރަނިތައް އަދާކޮށް އަބަދުވެސް ހުންނަންޖެހޭނީ މަރަށް ތައްޔާރުވެގެން ކަމަށް ހުތުބާގައި ބުންޏެވެ. މީހުންގެ ދަރަންޏާއި، ހައްގުތައް އަދާނުކޮށް ހުއްޓައި އެމީހެއްގެ މަރު ގެންދަވައިފި މީހާއަށް އޮތީ ފާފަޔާއި، ނުރައްކާ ބޮޑުވެގެންވާ އަޒާބު ކަން ހުތުބާގައި ފާހަގަކުރި އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް