ads
ދިއްދޫ ރައީސް ކަޕުގެ ޗެމްޕިއަން ނާޑްސް ސްޕޯޓްސް ކުލަބް - ފޮޓޯ: ދިއްދޫ ކައުންސިލް ރައީސް
ދިއްދޫ ރައީސް ކަޕުގެ ޗެމްޕިއަންކަން ނާޑް ސްޕޯޓްސް ކުލަބަށް
ހއ. ދިއްދޫ ކައުންސިލްގެ ރައީސްގެ 2 ވަނަ ހޭންޑް ބޯލް މުބާރާތުގެ ޗެމްޕިއަންކަން ދިއްދޫ ނާޑް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ.

އެ ކުލަބު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދިއްދޫ ބީއެކްސް ސްޕޯޓްސް ބަލިކޮށްގެންނެވެ. ދިއްދޫ ކައުންސިލްގެ ރައީސް ޢަބްދު ﷲ ރަޝީދުގެ ވައުދުތަކުގެ ތެރޭގައި ހިމެނިގެން ބާއްވަމުން އަންނަ މި މުބާރާތަކީ، ދިއްދޫގެ އަންހެންވެރިން ބާރުވެރި ކުރުމާއި ހޭންޑް ބޯޅައަށް އޮންނަ ޝައުގުވެރިކަން އަންހެން ކަނބަލުންގެ މެދުގައި އިތުރުކޮށް ރަނގަޅު ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ. 

މިއީ މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ މިފަހަރުގެ މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވާދަކޮށްފައި ވެއެވެ. 

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ނާޑް ސްޕޯޓްސް ކުލަބަށް ތައްޓާއި މެޑައްޔާއެކު، 10000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވާއިރު ދެވަނަ ހޯދި ބީއެކްސް ސްޕޯޓްސް އަށް 2000 ރުފިޔާގެ ފައިސާގެ އިނާމް ދީފައިވެއެވެ. 

މީގެ އިތުރުން ފެއާ ޕްލޭ ޓީމަކަށް ހޮވުނު ހއ. އަތޮޅު ކައުންސިލް ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވެއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް އިންތިޒާމް ކުރެއްވި މި މުބާރާތުގެ ހުރިހާ ހަރަދެއް ކުރައްވާފައިވަނީވެސް ރައީސް ޢަބްދު ﷲ ރަޝީދެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް