ads
ރާއްޖެ އަށް މިފަހުން އައި ޖަޕާނުގެ ފުރަތަމަ ކުރޫޒްލައިނާ އިން 220 ފަތުރުވެރިން
ކޮވިޑްނަވާރައިގެ އާލަމީ ވަބާ އާ ގުޅިގެން ކްރޫޒްލައިނާތައް އައުން މެދުކެނޑިފައި އޮތުމަށްފަހު، ޖަޕާނުން އައި ފުރަތަމަ ކްރޫޒްލައިނާއިން 220 ފަތުރުވެރިން ރާއްޖެ އަށް އައިސްފިއެވެ.

މިއީ ކޮވިޑަށް ފަހު، މިހާ ގިނަ އަދަދަކަށް ޖަޕާނުގެ ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.

މިކްރޫޒް ލައިނާއިން ރާއްޖެ އައި ފަތުރުވެރިންނަށް ޓޫރިޒަމް މިނިސްޓްރީންނާއި ޖަޕާން އެމްބަސީގެ އިތުރުން ވިޒިޓް މޯލްޑިވްސް އާއި ބޯޓިން އެސޯސިއޭޝަނުން އަދި ނަންޓޯ ޓުއާސްގެ ފަރާތުން ވަނީ ހޫނު މަރުހަބާ އެއް ކިޔާފައެވެ. ފަސް ސަތޭކަ މީހުންގެ ޖާގައިގެ "ނިޕޯން މަރޫ" އިން މުޅިންވެސް އައިސްފައި ވަނީ ޖަޕާނުގެ ފަތުރުވެރިންނެވެ.

your image"ނިޕޯން މަރޫ" އިން ރާއްޖެ އަށް ޖަޕާނުގެ 220 ފަތުރުވެރިން އައި. ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ

ކޮވިޑްނަވާރަ އާ ގުޅިގެން ކްރޫޒްލައިނާތައް އައުން މެދުކެނޑުމަށްފަހު، މިފަހުން ކްރޫޒްލައިނާތައް ރާއްޖެ އަށް އަންނަން ވަނީ ފަށާފައެވެ. އެގޮތުން މިދިޔަ މަހާއި މިމަހުގެ ތެރޭގައިވެސް ކްރޫޒްލައިނާތައް ރާއްޖެ އަށް އައިސްފައިވެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް