ads
އެވަރެސްޓާއި އެމްޑީއެޗް ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ނުވިއްކަން އެމްއެފްޑީއޭއިން ވަނީ އަންގާފައި
އެވަރެސްޓާއި އެމްޑީއެޗް ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ނުވިއްކަން އެމްއެފްޑީއޭއިން އެދެފި
'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ރާއްޖެއަށް އެތެރެ ނުކުރުމަށާއި ނުވިއްކުމަށާ އަދި ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންޑިއާގެ އުފެއްދުމެއް ކަމަށްވާ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑްގެ ހަވާދުގެ ބާވަތްތަކުގައި 'އެތިލިން އޮކްސައިޑް' ހުރި ކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އެޖެންސީ އަދި ހޮންކޮންގެ ސެންޓަ ފޮ ފުޑް ސޭފްޓީން ވަނީ އެ އުފެއްދުންތައް ބޭނުން ނުކުރުމަށް އިލްތިމާސްކޮށް، އަސަރުކޮށްފައިވާ މި ބްރޭންޑްގެ ބާވަތްތައް ބާޒާރުން ނެގުމަށް އަންގާފައި ކަމަށެވެ.

އެތިލިން އޮކްސައިޑަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިއޭޓް ކުރުމަށް ބޭނުންކުރާ ކެމިކަލެއް ކަމަށް އެމްއެފްޑީއޭއިން ބުނެ އެވެ. އެ އޮތޯރިޓީން ބުނެފައި ވަނީ ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި މި ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުންކުރުމަކީ އެެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

މި ބްރޭންޑުތަކުގެ ހަވާދަކީ ރާއްޖެއަށް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތްތަކެއްކަން ފާހަގަކޮށް އެމްއެފްޑީއޭއިން ބުނި ގޮތުގައި ރާއްޖެއަށް އެތެރެކުރާ މި ބްރޭންޑްގެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމުގަ އެވެ.

"ވީމާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ތިރީގައި ބަޔާންކޮށްފައިވާ 'އެވަރެސްޓް' އަދި 'އެމްޑީއެޗް' ބްރޭންޑްގެ ހަވާދުގެ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް އަންގަމެވެ،" އެމްއެފްޑީއޭގެ ބަޔާނުގައިވެ އެވެ.

އެމްއެފްޑީއޭއިން ވަނީ މިކަމާ ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް އެ އޮތޯރިޓީ ނަންބަރު 7603204 އަދި 3014361 އަށް ގުޅުމަށް އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް