ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު---ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން ކުޅުދުއްފުށި ސީޓީއަކަށް ހައްދަވައިދޭނެ: ރައީސް އޮފީސް
ސަރުކާރުން ކުޅުދުއްފުށި ސީޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާނަމަ އެކަން ސަރުކާރުން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުޅުދުއްފުށި ސީޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާނަމަ އެކަން ސަރުކާރުން ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މިކަމާއި ގުޅިގެން ސީއެންއެމްއިން ގުޅުމުން ހޫދު ވިދާޅުވީ ރައީސް އާއި ބައްދަލުނުވާތީ އެކަމުގައި ރައީސް ގޮތެއް ނިންމެވިކަން އަދި ސާފު ނުވާކަމަށެވެ.

"ސަރުކާރުން ކުޅުދުއްފުށި ސީޓީއަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައިވާނަމަ އެކަން ސަރުކާރުން ކުރައްވާނެ،" ކަމަށް ހޫދު މިއަދު ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވާ އިރު ސިޓީއެއްގެ ދަރަޖަ އެ ރަށަށް ސަރުކާރުން ދީފައިނުވާތީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޯއިކޮޓް ކުރަން ކުޅުދުއްފުށީ ރައްޔިތުންގެ ބަޔަކު ނިއްމމުމާއި ގުޅިގެން ސީއެންއެމުން ދެއްނެވި ސުވާލަކަށް ޖަވާބުދެއްވަމުން އެ ރަށު ކައުންސިލް ރައީސް ވިދާޅުވީ އިންތިހާބު ބޯއިކޮޓް ކުރާނެ ކަމެއް ސީދާ ރަސްމީގޮތެއްގައި ލިބިފައި ނުވާ ކަމަށާއި ނަމަވެސް ގަބޫލުކުރަނީ ކުޅުދުއްފުށީގައި އޮންނަން ޖެހެނީ ސިޓީ ކައުންސިލެއް ކަމަށެވެ.

އަދި ރައްޔިތުންވެސް ތިބީ އެގޮތުގައި ކަމަށާއި ސިޓީއެއްގެ ދަރަޖަ ލިބިގެން ދިޔުމުން ކައުންސިލް ހިނގުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އަބްދުއްލަތީފް ވިދާޅުވިއެވެ.

"ވަޒީފަތަކަށް ބެލި ކަމުގައި ވީނަމަވެސް ރަނަގޅު އޮނިގަނޑެއް އުފެދިންގެންދާނެ. އަދި ވަރަށް ގިނަ އެޑްވާންޓޭޖް ތަކެއް ލިބިގެންދާނެ" އޭނާ ވިދާޅުވިއެވެ.

ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ހުރިހާ ޝަރުތެއް ފުރިހަމަވެފައިވާ އިރު އެ ދަރަޖަ ނުލިބި އިތުރު ފަސް އަހަރަށް ފަހު އިންތިހާބެއް ބޭއްވުމުން އެ ދެވުނީ އަނެއްކާ ފަސް އަހަރު ފަހަތަށް ކަމަށްވެސް އަބްދުއްލަތީފް ވިދާޅުވިއެވެ.

އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދަކަށްވީ އިރު ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނުގައި ބުނާ އަދަދަށް، ދިހަހާސް މީހުން ހަމަވެފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

އެހެންނަމަވެސް ސަރުކާރުން އެކަން އަދިވެސް އިއުލާން ކޮށްފައި ނުވާތީ އެކަމާ ގުޅިގެން ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބު ބޯއިކޮޓް ކުރަން ކަމަށް ސީއެންއެމާއި ވާހަކަ ދެއްކި އެ ރަށުގެ ރައްޔިތެއް ބުންޏެވެ. ކުޅުދުއްފުށިން ސީއެއެންއެމްއާއި ވާހަކަ ދެއްކި މީހުން ބުނަނީ ރަށު ކައުންސިލް އިންތިހާބެއް އެ ރަށުގައި ނުބޭއްވޭނެ ކަމަށާއި އެއްފަސް ނުކޮށް އާބާދީގައި ދިހަހާސް ހަމަވެފައިވާއިރު ތަފާތުއެކި ބޭނުންތަކަށް ކުޅުދުއްފުއްޓަށް ހިޖުރަކޮށްގެން އުޅޭ މީހުންނާއެކު އެ އަދަދު 12 ހާހަށް އަރާ ކަމަށެވެ.

ކުޅުދުއްފުށީގެ ރައްޔިތުން ޔަގީންކޮށްގެން ތިބީ އަންނަ ކައުންސިލް އިންތިހާބުގެ ކުރިން ކުޅުދުއްފުއްޓަށް ސިޓީ ދަރަޖަ ލިބިގެންދާނެކަމުގެ އުންމީދުގައި ކަމަށް ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

ގާނޫނީ އަދަދު ހަމަވުމާއި މިހާތަނަށް އައިއިރު ސަރުކާރާއި އެމްޑީޕީގެ އެކި ފަންތީގެ ބޭފުޅުން، ސިޓީއެއްގެ ދަރަޖަ ކައުންސިލް އިންތިހާބުގެ ކުރިން ދޭނެކަމަށްބުނެ ދެއްކި ދަޅައިން ކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ. މި މައްސަލަ ހޫނުވެފައިވަނިކޮށް ލޯކަލް ކައުންސިލް އިންތިޙާބުގައި ކުޅުދުއްފުށީ ރައްޔިތުން ވޯޓުލާނީ ސިޓީ ކައުންސިލް އެއް އިންތިހާބު ކުރުމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެކަމުގެ އެއްވެސް އަމަލީ ސިފައެއް އަދިވެސް ނުފެންނަ ކަމަށް އެ ރަށުގެ ގިނަ ބަޔަކު ބުނެއެވެ. ސިޓީއެއްގެ ދަރަޖަ ނުދީ ކައުންސިލް އިންތިހާބު ބާއްވައިފި ކަމުގައި ވަނީ ނަމަ އެއީ އަދުގެ ސަރުކާރާއި ކުޅުދުއްފުށީ ދާއިރާ ތަމްސީލުކުރައްވާ މެމްބަރުންވެސް ފެއިލް ވުމެއް ކަމަށް މެމްބަރުންނާއި އަދި ރަށުގެ ގިނަ ރައްޔިތުން ދެކޭކަމަށް ސީއެންއެމާއި ވާހަކަ ދެއްކި މީހުން ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް