ads
ކަޅުތެޔޮ އެޅިފައިވާ ސަރަހައްދު
ގޮތް ނޭނގޭ ކަޅު ހަންތަކެއް ލައްގަނީ، މޫދު ކަޅުތެޔޮލުން ހަރާބު!
މާލޭ ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީ ސަރަހައްދު މޫދަށް ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅި މޫދު ކިލަނބު ކޮށްލައިފި އެވެ.
Advertisement

މާލޭ ސިޓީ ކައުންސިލުން "ސީއެންއެމް" އަށް ބުނިގޮތުގައި، އެ ސަރަހައްދަށް ދޭތެރެ ދޭތެރެއިން ކަޅުތެޔޮ އެޅެއެވެ. މި ކަޅުތެޔޮ އެޅޭކަމަށް ކައުންސިލަށް މައުލޫމާތު ލިބިފައިވަނީ، ލައްގާ ކަޅުހަން ތަކަކުން ކަމަށް ކައުންސިލުން ބުންޏެވެ. ނަމަވެސް މި ކަޅުހަންތަކުގެ ހަގީގަތެއް ނުވަތަ އަންނަ ދިމާލެއް ކައުންސިލަކަށް ވެސް ސީދާ ބުނާކަށް ނޭނގެ އެވެ. 

"ދޭތެރެ ދޭތެރެއިން ހަމަ އެ ސަރަހައްދުގައި އޮންނާނެ ކަޅުތެޔޮ އެޅިފައި. އަޅުގަނޑަށް މައުލޫމާތު ދިން ފަރާތުން ބުނީ އެއީ އެ ސަރަހައްދަށް ލައްގާ ކަޅު ހަންތަކަކުން އެޅޭ ކަޅުތެޔޮ ކަަމަށް. ކަޅުހަންތަށް އަންނަނީ ކޮން ދިމާލަކުން ކަމެއް އަޅުގަނޑުމެން ނަކަށްވެސް ނޭނގެ،" އެކަން ކަމާއި ގުޅުންހުރި ފަރާތްތަކުގެ ފަރާތުން ސާފުކޮށްލާނެކަން ފާހަގަކުރަމުން ކައުންސިލުގެ މީޑިއާ އޮފިސަރެއް ވިދާޅުވި އެވެ.

އެ ސަރަހައްދަށް މިއަދުވެސް ވަނީ ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅި މޫދުގެ ބޮޑު ބައެއް ކަޅުކޮށްލާފައެވެ. މި ކަޅުތެޔޮ މޫދުން ނަނގާ ސާފުކުރުމުގެ މަސަައްކަތް މިހާރު ދަނީ ކުރަމުން ނެވެ. އެމްއެންޑީއެފް އިން ބުނީ، ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީ ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފަ ހުރިކަމުގެ މައުލޫމާތު އެމްއާރުސީސީއަށް ލިބުނީ މިއަދު ހެނދުނު 09:10 ހާއިރު ކަމަށެވެ.

"މައުލޫމާތު ލިބުމާއިއެކު ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމު ދަނީ މޫދަށް އެޅިފައިވާ ކަޅުތެޔޮ ނެގުމުގެ މަސައްކަތް ކުރަމުން،" އެމްއެންޑީއެފް އިން ބުންޏެވެ.

your imageކަޅުތެޔޮ އެޅިފައިވާ ސަރަހައްދު

މިކަމުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލީސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ނެވެ.

50%
ކަމުގޮސްފި
28%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް