ads
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް
ޔޫކްރޭނަށް ދިގުމުއްދަތަކަށް އެހީތެރިވާ ތައްޔާރަށް ތިބެންޖެހޭ: ނޭޓޯ
ޔޫކްރޭނަށް ދިގުމުއްދަތުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކުން ތައްޔާރަށް ތިބެން ޖެހޭ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވެއްޖެއެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސްޓޮލްޓެންބާގް ވިދާޅުވީ އަވަސް މުސްތަގްބަލެއްގައި ހަނގުރާމަ ހުއްޓާލުމަށް ރަޝިއާގެ ވިސްނުން ނެތްކަމަށް ގަބޫލުކުރެއްވޭކަމަށާއި އެހެންކަމުން މިނިވަން އިސްތިގުލާލީ ގައުމެއްގެ ގޮތުގައި ދެމިއޮތުމަށް ދިގު މުއްދަތަކަށް ޔޫކްރޭނަށް އެހީތެރިވުމަށް ހުޅަނގުން ތައްޔާރަށް ތިބެންޖެހޭ ކަމަށެވެ.

ޔޫކްރޭނުގެ މިނިވަންކަން ކަށަވަރުވެ، ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވާހަކަ ދެއްކުމަށް ރަޝިއާއަށް މަޖުބޫރުކުރެވޭނެ ހަމައެކަނި ގޮތަކީވެސް އެއީކަމަށް ސްޓޮލްޓެންބާގް ވިދާޅުވިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށިފަހުން އެންމެ ގަދަޔަށް ހަމަލާދިން އެއް ރެއަކީ މީލާދީ އާއަހަރު ފެށުނުރެއެވެ. އެރޭ އެކަނިވެސް ރަޝިއާގެ 40 އަށް ވުރެ ގިނަ ޑްރޯން ވައްޓާލާފައިވާކަމަށް ޔުކްރޭނުންވަނީ ބުނެފައެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާއިރު، ޔުކްރޭނަށް ހަމަލާދިނުމަށް އިތުރު ތަމްރީތައް ހަދަމުން ދާކަމަށާއި އަސްކަރީގޮތުން އިތުރަށް ތައްޔާރުވަމުންދާ ކަމަށެވެ. އެހެންކަމުން ހަނގުރާމަ އަވަހަށް ނިންމާލުމުގެ ނިޔަތް ރަޝިއާއިން ނުގެންގުޅޭކަމަށް އޭނާ ވިދާޅުވިއެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް