ދިވެހިންނަކީ ކޮންމެ ތާކަށް ދިޔަ ނަމަވެސް ފޮޓޯ ނަގާބައެކެވެ. އެއްބަޔަކު ދަތުރުގެ ހަނދާނެއްގެ ގޮތުގައި ފޮޓޯނަގާ އިރު ގިނަ މީހުން ފޮޓޯ ނަގަނީ އެމީހުންގެ އިންސްޓަގްރާމް އަޕްޑޭޓް ކޮށްލުމަށެވެ. އިންސްޓަގްރާމަށް ތަފާތު ރިތީ ފޮޓޯ ލުމަކީ ދިވެހިންގެ ތެރޭގައި މަގްބޫލު ކަމެކެވެ.
ދަތުރުކުރާ ރީތި ތަންތަނުގެ ފޮޓޯ އާއި އެ ތަންތަނުގައި ނަގާފައި ހުންނަ ތިމާގެ އަމިއްލަ ފޮޓޯ އިންސްޓަގްރާމް ފޮލޮވާޒް އާއި އެކު ޝެއާ ކޮށްލުމަކީ ވަރަށް ކުރާހިތުން ކުރާ ކަމެކެވެ.
އިންޑިއާއަށް ގިނަ އަދަދެއްގެ ދިވެހިން ދަތުރު ކުރާއިރު، އިންސްޓަގްރާމަށް ލާން ފޮޓޯ ނަގާނަމަ ކޮންމެހެންވެސް ޒިޔާރަތް ކުރަންޖެހޭ ހަތް ތަނެއް އެގައުމުގައި ވެއެވެ.
މިގޮތަށް ކޮންމެހެންވެސް ޒިޔާރަތްކުރަންޖެހޭ އެއް ތަނަކީ އެ ގައުމުގެ ގަންގެސް ރިވާ، ވަރަނާސި އެވެ. ގުދުރަތީ ރީތިކަމާއި އިންޑިއާ ވަންތަކަން ފޮޓޯ އަކުން ނަގާލަން ބޭނުންނަމަ މި ކޯރަށް ޒިޔާރަތްކޮށް ކޯރުގެ ފޮޓޯއެއް ނަގާލަން ވާނެއެވެ.
އިންޑިއާއަށް ޒިޔާރަތްކޮށް އިންސްޓަގްރާމަށް ލާން ފޮޓޯއެއް ނަގާނަމަ ކޮންމެހެން ވެސް ޒިޔާރަތް ކުރަންޖެހޭ އެއް ތަނަކީ އެ ގައުމުގެ އާގްރާގައި ހުންނަ ތާޖް މަހަލްއެވެ. ދުނިޔޭގެ ހަތް އަޖައިބުގެ ތެރޭގައި ވެސް ހިމެނޭ މި ގަނޑުވަރަކީ މިހާރުވެސް ދިވެހިންގެ މެދުގައި މަޝްހޫރު ތަނެކެވެ.
އިންޑިއާގެ، ކެރެލާގެ މުންނާރަކީ ވެސް އެގައުމަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި މަޝްހޫރު ތަނެކެވެ. ގުދުރަތީ ހިތްގައިމު މަންޒަރުތައް ފެނިގެންދާ މި ތަނަކީ ސައިފަތް ދަޑުތަކުގެ ފެހިކަން ދައްކާދޭ އިންސްޓަގްރާމް "ނޭޗަރ" ފޮޓޯ އަޅާ ފަރާތްތައް ކޮންމެހެންވެސް ޒިޔާރަތްކޮށްލަން ވާނެ ތަނެކެވެ.
ދިރިއުޅުމުގައި އަވަސްވެގަނެ މަގުމަތީގެ ހަލަބޮލިކަން ދައްކާދޭ ފޮޓޯ ނަގަން ޝައުގުވެރިވާ ފަރާތްތަކުން އިންޑިއާ އަށް ޒިޔާރަތް ކުރާނަމަ ޗާންދީ ޗޮކް އަށް ޒިޔާރަތް ކޮށް އެތާގެ ރައްޔިތުންގެ ހަލަބޮލި ދިރިއުޅުމުގެ ފޮޓޯއެއް ނަގާލުމުން އިންސްޓަގްރާމަށް ލާނެ "ޕާފެކްޓް ޝޮޓް"އެއް ލިބިގެންދާނެއެވެ.
އިންޑިއާގެ ތާރީހުގެ ތެރެއިން ފޮޓޯއެއް ނަގާލާ އިންސްޓަގްރާމް ކޮށްލަން ބޭނުން ނަމަ ރާޖަސްތާނުގައި ހުންނަ އެމްބާޓް ފޯޓަށް ޒިޔާރަތް ކޮށްލުމުން ބޭނުންވާ ފޮޓޯ ލިބިގެންދާނެއެވެ.
ރީތި "ސަންސެޓް" ފޮޓޯއެއް ނަގަން ބޭނުންނަނަމަ ޖައިޕޫރްގެ ނަހާގަހް ފޯޓަށް ޒިޔާރަތް ކޮށްލަންވާނެއެވެ.
ޖާދޫވީ މަންޒަރެއް ބަލާލަން ބޭނުންނަމަ ރާޖަސްތާނުގެ ޖޮދްޕޫރް އަށް ގޮސްލަން ވާނެއެވެ. "ބްލޫ ސިޓީ"ގެ ނަމުން މަޝްހޫރި ވެފައިވާ މި ސިޓީ އިން ފެނިގެންދާ މަންޒަރު އިންސްޓަގްރާމް ފީޑަށް އިތުރު ފުރިހަމަކަމެއް ގެނަސްދޭނެކަން ކަށަވަރެވެ.