ads
ކާތިކް އަދި ސާރާ
ކާތިކް އަދި ސާރާ ލަންޑަނުގައި ޗުއްޓީ ހޭދަކުރަނީ
ސަރާ އާލީ ހާން އާއި ކާތިކް އަރްޔަން އެއްވަގުތެއްްގައި ލަންޑަންގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
Advertisement

އެންމެ ފުރަތަމަ ގިނަބަޔަކަށް ހީކުރީ ކުރިން ރައްޓެހިވެގެން އުޅުނު މި ދެ ތަރިން  ލަންޑަނުގައި ޗުއްޓީހެދަކުރަމުން ގެންދަނީ އެކުގައި ކަމަށެވެ. 

ނަމަވެސް މި ދެތަރިން ޗުއްޓީ ހޭދަކުރަމުން ގެންދަނީ ލަންޑަނުގައި ކައިރި ކައިރީގައި ހުރި ދެ ހޮޓަލުގައެވެ. 

ސާރާ އަންނަނީ އޭނާގެ ބޭބެ އިބްރާހިމް އަލީ ހާން އާއި ލަންޑަނުގެ ރައްޓެހިންނާ އެކު ފޮޓޯތައް ހިއްސާ ކުރަމުންނެވެ. 

ކާރްތިކް ވަނީ ރެސްޓޯރެންޓެއްގައި މީހަކާ އެކު ސައިބޯން އިން ފޮޓޯއެއް ހިއްސާކޮށްފަ އެވެ. އޭނާ އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައި ވަނީ 'އަހަންނަށް ހަމައެކަނި ކަޅު ސައި' ކަމަށެވެ. އޭނާ ވެސް އެ ޕޯސްޓް ޓެގް ކުރީ ލޮކޭޝަންގެ ގޮތުގައި ލަންޑަންގެ ކްލެރިޖް އެވެ. 

ފިލްމު ޑައިރެކްޓަރު ކަރަން ޖޯހަރު ވަނީ 2018 ވަނަ އަހަރު ކޮފީ ވިތު ކަރަން އިން ކާތިކް އާއި ސާރާއާއި ރައްޓެހިވިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ފަހުން އޮގަސްޓް މަހު ކާތިކް ވަނީ ސާރާއާ ވަކިވެފައެވެ. އޭގެ ދޮޅު އަހަރުން ފަހުން ވެސް ސިންގަލްކޮށް އުޅޭކަން ކާތިކް ވަނީ ކަށަވަރުކޮށްދީފަ އެވެ. 

ކާތިކް އާއި ސާރާ އެކުގައި 2020 ވަނަ އަހަރު ކުޅުނު ފިލްމަކީ "ލަވް އާޖް ކަލް" އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް