ads
ފުލުހުންގެ މައި މަރުކަޒު، ޝަހީދު ހުސައިން އާދަމް ބިލްޑިން
ހުޅުމާލޭގައި ފުލުހުންގެ ކާރެއްގައި ރޯކޮށްލި މައްސަލައެއް ބަލަނީ
ހުޅުމާލޭގައި މިރޭ ފުލުހުންގެ ކާރެއްގައި ރޯކޮށްލި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި މިރޭ ޕާކްކޮށްފައި އޮތް ފުލުހުންގެ ކާރެއްގައި ރޯކޮށްލި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކަން ބަލަމުން ގެންދާ ކަމަށެވެ.

މިރޭ އިޝާ ވަގުތު ހިނގި މިހާދިސާގައި ކާރަށް މާބޮޑު ގެއްލުމެއް ނުވަނީސް ވަނީ އަލިފާން ނިއްވާލާފައެވެ.

މިމައްސަލަ ބަލަމުން ދާކަމަށް ބުނުމުގެ އިތުރުން އަދި ފުލުހުން އެއްވެސް މައުލޫމާތެއް އާއްމެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް