
ރައީސް ސޯލިހުގެ ބޮޑުދައިތާފުޅު
ރައީސް ސޯލިހުގެ ބޮޑުދައިތާފުޅު އަވަހާރަވެއްޖެ
މުހައްމަދު ރީހާން
04 ޖެނުއަރީ 2023 - 10:42:04
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ބޮޑުދައިތާފުޅު، ފަހީމާ ސޯލިހް އަވަހާރަވެއްޖެ އެވެ.
ފަހީމާ ސޯލިހް އަކީ، ރައީސް ސޯލިހުގެ ބައްޕާފުޅުގެ ފަރާތުގެ ބޮޑުދައިތާފުޅެވެ. އެކަމަނާ އަވާހަރަވީ، އާލާސްކަންފުޅެއްގައި އުޅުއްވުމަށް ފަހު މިއަދުގެ ވަގުތެއްގަ އެވެ.
ރައީސް ސޯލިހުގެ ބޮޑުދައިތާފުޅު އަވަހާރަވީ އުމުރުން 72 އަހަރުގަ އެވެ.
އެކަމަނާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށް ފަހު އާސަރާ މިސްކިތުގަ އެވެ.
ރައީސް ސޯލިހުގެ ބޮޑުދައިތާފުޅު
ރައީސް ސޯލިހުގެ ބޮޑުދައިތާފުޅު މިއަދު އަވަހާރަވެފައި ވާއިރު، ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ޖަލްސާއެއް މިރޭ މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ޖަލްސާ ފަސް ކުރި ކަމެއް އަދި އެނގިފައި ނުވެ އެވެ.
50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް