ads
ކާރު ފުރޮޅާލާފައި——ފޮޓޯ: ސީއެންއެމް
ބްރިޖުމަތިން ކާރެއް ފުރޮޅާލައި، ނުރައްކާތެރި އެކްސިޑެންޓެއް
ސިނަމާލެ ބްރިޖުމަތީގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިވަގުތު ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ފުލުހުން ބުނީ، ބްރިޖުމަތިން ދުއްވާފައި ދަނިކޮށް ކާރެއް ފުރޮޅާލައިގެން ފުލުހުންނަށް ރިޕޯޓު ލިބުނީ 14:47 ގައި ކަމަށެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ބުންޏެވެ. އެ ސަރަހައްދުގައި ފުރޮޅާލާފައި އޮތް ކާރު ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ކާރު ފުރޮޅާލާފައިވަނީ މަގު މެދަށް ކަމުން ބްރިޖުގެ އެއްލޭން އެއްކޮށް މިވަގުތު އޮތީ ދުއްވާ އެއްޗެހީގެ ކިއޫގައި ޖެހި ތޮއްޖެހިފަ އެވެ. 

އޭގެތެރޭގައި ބަސްތަކާއި ކާރު އަދި ސައިކަލު ހިމެނެ އެވެ. 

your imageފޯކް ލިފްޓު ބޭނުންކޮށްގެން ކާރު ނެގުމުގެ މަސައްކަތް ކުރަނީ——ފޯޓޯ: ސީއެންއެމް

ބްރިޖުމަތިން ދުއްވާފައި ދިޔަ ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މިދިޔަ ޑިސެމްބަރު 16 ވަނަ ދުވަހު ވަނީ 54 އަހަރުގެ މީހަކު މަރުވެފަ އެވެ. ކާރެއް ފުރޮޅާލައިގެން މިފަހުން ހިނގި އެންމެ ހިތާމަވެރި ހާދިސާއެއް ހިނގާފައިވަނީ، ޖުލައި މަސްތެރެ އެވެ. އެއީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ އެ ކާރު ގޮސް ބަހެއްގައި ޖެހިގެން ނެވެ. އެ ހާދިސާގައި ހަ މީހަކަށް އަނިޔާވިއިރު، 23 އަހަރުގެ އަންހެނަކު މަރުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް