ads
ހުޅުދޫ ކުޅިން މަސްބާނާ ވީޑިއޯ
ހިމާޔަތް ކޮށްފައި އޮތް ކުޅި އަކުން ފޯރީގައި މަސް ބާނާ ވީޑީއޯއެއް!
އައްޑޫ ސިޓީގެ ހުޅުދޫގެ ހިމާޔަތް ކޮށްފައިވާ ކުޅިއަކުން މަސްބާނާ ވިޑީއޯ އެއް ދައުރުވާން ފަށައިފި އެވެ.
Advertisement

ޓުވިޓާގައި ދައުރުވާން ފަށާފައިވާ މި ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީންތަކެއް ދޮށި ހިފައިގެން ތިބެ ކުޅިން މަސްބާނާ މަންޒަރު ފެނިގެންދެ އެވެ.

މި ވީޑިއޯ ޓުވިޓާގައި ހިއްސާ ކުރި ފަރާތުން ބުނެފައިވަނީ، މިއީ ހުޅުދޫގައި ހިމާޔަތް ކޮށްފައި އޮންނަ ކުޅި ކަމަށާއި، މި ކުޅިން މަސް ބޭނުމާއި މަސް ހިފުމަކީ މަނާ ކަމެއް ކަމަށެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ކޮންމެ ދުވަހަކުވެސް މަގު ހަދަން އައިސް އުޅޭ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ފޯރީގަސް މި ސަރަހައްދުން މަސް ބާނަމުން އަންނަ ކަމަށާއި، އެކަން ހުއްޓުވަން އެއްވެސް ބަޔަކު މަސައްކަތް ކުރަމުން ނުދާ ކަމަށެވެ. 

މިކަމާއި ގުޅިގެން ސީއެންއެމް އަށް މައުލޫމާތު ދެމުން އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ އޮފިޝަލަކު ސީއެންއެމް އަށް މައުލޫމާތު ދެމުން ވިދާޅުވީ، މި މައްސަލަ އަދި މިހާތަނަށް އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށާއި، އެހެން ނަމަވެސް މި މައްސަލަ އެ އިދާރާއިން ބަލަމުން އަންނަ ކަމަށެވެ. 

މިކަމާއި ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމު ވިދާޅުވީ، ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފުވާނަމަ އެ ބަޔަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި، އެއީ ވަކި ގައުމެއްގެ ބަޔަކަށް ވުމުން މައްސަލަ ބަލާ ދޫނުކޮށްލާނެ ކަމަށެވެ. 

ނައީމު މިފަދައިން ވިދާޅުވެފައި ވާއިރު، ތިލަމާލެ ބުރިޖުގެ މަޝްރޫއުގައި ބޭނުން ކުރަމުން އަންނަ ޕްލެޓްފޯމަކުން ވިލިމާލެ ފަރަށް ގެއްލުން ލިބުމާއި، ގުޅިގެން އީޕީއޭއިން ވަނީ، ކުރި ދިރާސާ އަށް ފަހު އެމަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް ކުންފުނި 60.4 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. 

ހުޅުދޫގެ ހިމާޔަތް ކޮށްފައިވާ ކުޅިއަކުން މަސް ބާނާ މަންޒަރު ފެންނަ ވީޑިއޯ އާއި ގުޅިގެން، އަދި މިހާތަނަށް އައްޑޫ ސިޓީ ކައުންސިލްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
60%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް