
މިކަން ހާމަވެފައިވަނީ 'ސްޕެއާ' ނަމުގައި ވިލިއަމް ލިޔަމުން ގެންދާ ފޮތާއި ގުޅޭގޮތުން އިނގިރޭސި ވިލާތުގެ ގާޑިއަން ނޫހުގައި ޝާއިއު ކޮށްފައިވާ ރިޕޯޓަކުންނެވެ.
ޕްރިންސް ހެރީ ތުހުމަތު ކޮށްފައިވާގޮތުން އޭނަގެ ކޮށްކޮ ވިލިއަމް ވަނީ 2019 ވަނަ އަހަރު, ހެރީގެ އަންހެނުން މެގަން މާކަލްއާ އަށް ހަޑިހުތުރު އެއްޗެހި ކިޔައި ހެރީ އަށް އޭނާކޮށް މާރާ މާރީ ހިންގާފައެވެ.
ގާޑިއަން އިން ބުނީ އަންނަ ހަފްތާގައި ރަސްމީކޮށް ރިލީޒް ކުރުމުގެ ކުރިން ހެރީގެ ހަނދާނީ ފޮތް "ސްޕެއާ" ގެ އެޑްވާންސް ކޮޕީއެއް ހޯދާފައިވާ ކަމަށެވެ. ރޮއިޓާސް އާއި އެހެން މީޑިއާތަކަށް ވެސް މިފޮތް ވަނީ ފެނިފައެވެ
އިނގިރޭސި ވިލާތުގެ ނޫހުން ބުނާ ގޮތުގައި ވަރަށް އިންތިޒާރު ކުރި ފޮތުގައި ހެރީ ތުހުމަތު ކުރާ ގޮތުގައި ވިލިއަމް އޭނާ ތަޅުގައި ވައްޓާލީ މާކަލް އަށް "އުނދަގޫ"، "އެބްރޭސިވް" އަދި "ރޫޑް" ކަމަށް ބުނެ އެވެ.
ހެރީ ބުނާ ގޮތުގައި އެ މާރާމާރީގެ ސަބަބުން އޭނާއަށް ފުން ޒަހަމްތަކެއް ލިބުނެއެވެ. އަދި ކަށްޓަށްވެސް ވަނީ އަނިޔާ ވެފައެވެ. ވިލިއަމް، ހެރީ ބުނާ ގޮތުގައި، އޭނާގެ ކޮއްކޮ އޭނާގެ ފަހަތަށް ޖެހުމަށް ބާރުއަޅަން މަސައްކަތް ކުރި ނަމަވެސް އޭނާ އެކަމަށް ދެކޮޅު ހެދި އެވެ.
މާރާމާރީއަށް ފަހުން އެނބުރި ވިލިއަމް އައިސް ހެރީގެ ކިބައިން ދެރަވެފައި ހުރެ މައާފަށް އެދުނުކަމަށް ދަ ގާޑިއަންގައި ބުނެފައިވެއެވެ.
ކިންގް ޗާލްސް އާއި ޕްރިންސް ވިލިއަމްގެ ތަރުޖަމާނުން ވަނީ، މިހާތަނަށް ދަ ގާޑިއަންގެ ރިޕޯޓާ ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފަ އެވެ.
މީގެ ކުރިން އިނގިރޭސި ޝާހީ އާއިލާއާގުޅޭގޮތުން ނޭގޭ އެތައް ވާހަކަތަކެއް މިފޮތުން ވަނީ ހާމަވާނެކަމަށް ބެލެވެއެވެ.
ވިލިއަމް ވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އިނގިރޭސި ޝާހީ އާއިލާ ދޫކޮށް ގޮސްފައެވެ. އެނާ މިހާރު އޭނާގެ އަންހެނުންނާއި ދަރިންނާއެކު ދިރިއުޅެނީ ވަކިން ކަމަށް މައުލޫމާތު ލިބެއެވެ. ވިލިއަމް ބުނެފައިވަނީ އެނާ ޝާހީ އާއިލާ ދޫކޮށްލީ ހަނގާކުރުމާ އަނިޔާތައް ތަހައްމަލް ކުރަންޖެހޭތީއެވެ. ނަމަވެސް އެ ތުހުމަތުތަކަށް އިނގިރޭސި ޝާހީ އާއިލާއިން އިންކާރުކުރެއެވެ.