ads
ޝާހުރުކް ހާން، ސުހާނާ ހާން އަދި އަގަސްތާ އަދި އަމީތާބް
ޝާހުގެ ދަރިފުޅާ އަމީތާބުގެ ކާފަ ދަރިފުޅު ރައްޓެހިވެއްޖެ
ބްލީވުޑްގެ މެގަ ސްޓާރު ޝާހުރުކް ހާންގެ ދަރިއަކާއި މެގަ ސްޓާ އަމީތާބް ބަޗަންގެ ކާފަ ދަރިއެއް ލޯބީގެ ގޮތުން ގުޅި ޑޭޓްކުރަން ފަށައިފިއެވެ.
Advertisement

ޝާހްރުކް ހާންގެ އަންހެން ދަރިފުޅު ސުހާނާ ހާން އާއި, އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތާ ނަންދާ އާއި ގުޅޭގޮތުން ފެތުރުނުމި ހަބަރުން ގިނަ ބަޔަކަށް ސިހުމެއްގެ ލިބުނެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޑައިރެކްޓަރު ޒޯޔާ އަހްތަރުގެ "ދަ އާޗީސް" އިން އެކުގައި ފުރަތަމަ ފަހަރަށް ތައާރަފްކުރާ ސްޓާ ކިޑްސްގެ ގުޅުމެއްވަނީ އުފެދިފައެވެ.

ކަޕޫރު އާއިލާއިން ބޭއްވި ޕާޓީގައި ސުހާނާ، 22 އާއި އަގަސްތާ، 22 އެކުގައި ވަނީ ބައިވެރިވެފައެވެ. އެ ޕާޓީގައި އަގަސްތާގެ އޭނާގެ ބައިވެރިއެއްގެ ގޮތުގައި ސުހާނާ ތައާރަފް ކުރި ކަމަށްވެއެއެވެ. 

މި ދެމީހުން ލޯބިވީ ނެޓް ފްލިކްސް އިން ނެރުމަށް ތައްޔާރުވަމުން އަންނަ ފިލްމު 'ދަ އާޗީސް' ގެ މަސައްކަތުގައި އުޅެނިކޮށެވެ. ޝޫޓިން އަށް ފަހު ދެމީހުން ވަގުތުގެ ބޮޑު ބައެއް އެކުގައި ހޭދަކުރާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މިދިޔަ ހަފްތާތެރޭގައި ޝާހުރުކު ހާންގެ ފިރިހެން ދަރިފުޅުނު އާރިޔަން ހާން އާއި ބޮލީވުޑްގެ މަޝްހޫރު ތަރި ނޯރާ ފަތޭހީ ރައްޓެހިވިކަމަށް ބުނެ އަޑުތައް ވެސް ފެތުރުނެވެ. 

ދަ އާޗީސް ފިލްމުގައި ބޮލީވުޑުގެ ތިން ސްޓާރުންގެ ދަރިން ހިމެނެއެވެ.

your imageސުހާނާ، އަގަސްތާ ނަންދާ، އަދި ހުޝީ

އަގަސްތާ ނަންދާ އަކީ އަމީތާބް ބަޗަންގެ ކާފަ ދަރިފުޅެކެވެ. އޭނާގެ މަންމަ އަކީ ޝުވެތާ ބަޗަން އެވެ.

ސުހާނާ ހާން އަކީ ޝާހުރުކް ހާންގެ އަންހެން ދަރިފުޅެވެ.

20%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް