ads
ރޮނާލްޑޯ އަލްނަސްރުގެ ޕްރެކްޓިހުގައި ކޯޗާއެކު
ރޮނާލްޑޯ ނުކުޅޭ، އަލްނަސްރު މޮޅުވެއްޖެ
އަލަށް ގުޅުނު ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނުހިމަނައި ސައުދީ އަރަބިއްޔާގެ އަލްނަސްރު، ލީގުގައި މިރޭ ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

އަލްތާއީއާ ދެކޮޅަށް އަލް ނަސްރުން މިރޭ ކުޅުނު މެޗުން މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ. މި މެޗުގައި ރޮނާލްޑޯ ނުކުޅެއެވެ. 

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައިވެސް ރޮނާލްޑޯ މި މެޗުގައި ހިމަނާފައި ނުވަނީ ބެލެވޭ ގޮތުގައި ޔުނައިޓެޑުގައި ހުރި އިރު އޭނާ އާ ދެކޮޅަށް އިނގިރޭސި އެފްއޭއިން އަޅާފައިވާ ދެ މެޗުގެ ސަސްޕެންޝަނުގެ ސަބަބުންނެވެ. މި މެޗަކީ ރޭ ކުޅެން އޮތް މެޗެކެވެ. އެހެންނަމަވެސް ވިއްސާރަވެގެން މިރެއަށް ފަސްކުރީއެވެ. 

ކުރިން ބެލެވުނީ ރޮނާލްޑޯ މިރޭ ކުޅޭނެ ކަމަށެވެ. ރޮނާލްޑޯ ކުޅޭނެ ކަމަށް ބެލެވި މި މެޗުގެ 28000 ޓިކެޓުވެސްވަނީ ވިއްކާފައެވެ. 

މި މެޗުގައި ރޮނާލްޑޯ ނުކުޅުނު ނަމަވެސް އޭނާ އަންނަނީ ސޮއި ކުރި ދުވަހުން ފެށިގެން އަލް ނަސްރުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. 

92%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް