ads
ޑޮލަރު--
މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަދުކޮށްފި
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ރާއްޖޭގެ ބޭންކުތަކަށް ދޫކުރަމުން އައި ޑޮލަރުގެ މިންވަރު މަދުކޮށްފިއެވެ.

އެމްއެމްއޭ އިން ބޭންކުތަކަށް ޑޮލަރު ދޫކުރަނީ ރާއްޖޭގެ ބޭރު ފައިސާގެ ބާޒާރަށް ޕްރެޝަރު ކުޑަކުރުމަށެވެ. ރާއްޖޭން ބޭރަށް ފުރާ މީހުންނާއި ވިޔަފާރިވެރިންގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދަރިވަރުން ޑޮލަރު ހޯދަނީ ބޭންކުތައް މެދުވެރިކޮށެވެ.

ރާއްޖޭގެ ހުރިހާ ކޮމާޝަލް ބޭންކުތަކުން ވަކި މިންވަރަކަށް ވިޔަފާރިވެރިންނަށް ޑޮލަރު ވިއްކައެވެ. އެހެންނަމަވެސް، ބޭރުގައި ތިބޭ ކިޔަވާ ކުދިންނަށް ޑޮލަރު ދޫކުރަނީ ބީއެމްއެލުންނެވެ. މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަދުކުރުމާ ގުޅިގެން ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު ބީއެމްއެލުން ވަނީ ހަރުކަށިކޮށްފައެވެ. 

ބޭރުގައި ތިބި ދަރިވަރުންނަށް ފައިސާ ފޮނުވަން ނުވަތަ ޓީޓީ ހެދުމަށް މީގެފަހުން ޑޮލަރު ދޫކުރާނީ، އޭލެވެލްއިން ފެށިގެން މަތީ ފެންވަރުގެ ކޯސްތަކުގައި ކިޔަވާ ފަރާތްތަކަށް އެކަނި ކަމަށް ބީއެމްއެލުން ބުނެއެވެ. އެހެންކަމުން، އޭލެވަލް އިން ދަށުގެ ކުދިންނަށް ފައިސާ ފޮނުވާ ނަމަ، މިހާރު ފޮނުވަން ބޭނުންވާ ފައިސާ ޑޮލަރުން ބޭންކުތަކަށް ދައްކަން ޖެހެއެވެ. އެމްއެމްއޭއިން ބޭންކުތަކަށް ޑޮލަރު ފޯރުކޮށްދެމުން ދިޔައިރު، ބޭރުގައި ކިޔަވާ ހުރިހާ ފަރާތްތަކަށް ވެސް ރުފިޔާ އިން ޓީޓީ ހެދެެއެވެ.

އޭލެވަލް އިން ދަށުގެ ކުދިންނަށް ޑޮލަރު ދޫކުރުން ހުއްޓާލުމާ ގުޅިގެން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް