
ސުޖާއުއަށް މަރުގެ އިންޒާރުދިން މީހާ އޭނާއަށް މަރުގެ އިންޒާރު ދީފައިވަނީ ސުޖާއު ކުރިޓްވިޓަކަށް ދިންރައްދެއްގައެވެ.
އިދިކޮޅު ޕީއެންސީ ގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި ޝުޖާއުއަށް މަރުގެ އިންޒާރު ދިނުމުން އެ މައްސަލަ އަވަސް މައްސަލައެއް ގޮތުގައި ބެލުމަށް އިދިކޮޅު ކޯލިޝަނުން ރޭ ވަނީ ފުލުހުންނަށް ގޮވާލާފައެވެ.
ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ "މުޒްޑް909"ގެ ނަމުގައި ޓްވިޓާގައި ހަރަކާތްތެރިބާ މީހަކު ޝުޖާއުއަށް ވަޅިން ހަމަލާ ދޭނެ ކަމަށް ބުނެފައިވަ ކަމަށެވެ.
އަދި ކޯލިޝަނުގެ އިސް ސަފުގައި މަސައްކަތް ކުރާ ބޭފުޅުންނަށް އެކި ގޮތްގޮތަށް ދިމާކޮށް ފުރައްސާރަކޮށް އަދި ބިރުދައްކާ މަރުގެ އިންޒާރުތައްވެސް އަދަބުވެސް ދެމުން ގެންދާކަމަށް ކޯލިޝަންގެ ބަޔާނުގައި ވެއެވެ.
މިފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައިގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށާއި އެއީ ސަރުކާރުގެ ޒިންމާއެއް ކަމަށްވެސް މި ބަޔާނުގައި ބުނެފައިވެއެވެ.