ads
ރައީސް ނަޝީދު އަދި އަސްލަމް
އެހެން ޕާޓީއެއް އުފައްދަން އުޅޭކަމުގެ ތުހުމަތު ނަޝީދަށް
އެހެން ސިޔާސީ ޕާޓީއެއް އުފައްދަވަން ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އެމްޑީޕީގެ އެންމެ ސީނިއާ އެއް ޕާލިމެންޓޭރިއަން އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނުސީދާކޮށް ތުހުމަތު ކުރައްވައިފިއެވެ.

އެމްޑީޕީގެ އެންމެ ސީނިއާ އެއް ޕާލިމެންޓޭރިއަން އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަސްލަމް މިރޭ ނުސީދާކޮށް ރައީސް ނަޝީދު ފެކްޝަނުން އެހެން ޕާޓީއެއް އުފައްދަން އުޅޭ ކަމަށް ތުހުމަތު ކުރެވޭ މޭރުމުން ވާހަކަފުޅު ދެއްކެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ޖަލްސާއެއްގައެވެ. އަސްލަމް ހުންނެވީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ފަޅީގައެވެ.

އަސްލަމް މިރޭވަނީ އެމްޑީޕީގެ ވެރިކަމެއްގައި ޕާޓީގެ ފިކުރު "އެމްޑީޕީ ނޫން ފިކުރަކަށް" ބަދަލުވެއްޖެ ކަމަށް ރައީސް ނަޝީދު ވިދާޅުވާތީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. 

އަސްލަމް ވިދާޅުވީ ޕާޓީއަށް 17 އަހަރު ވެގެންދިޔަ އިރު މިހާރު ހުންނަވަން ޖެހިވަޑައިގެންފައިވަނީ އޮޅުމެއްގެ ތެރޭގައި ކަމަށެވެ. އަސްލަމް ވިދާޅުވީ އެބޭފުޅުންނަށް އެނގިވަޑައިގަންނަވާ އެމްޑީޕީގެ ފިކުރަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އަސާސްތައް ކަމަށެވެ.

އެ ނޫން އެހެން ފިކުރެއްގެ ދިރުން އެއީ މުޅިން އެހެން ފިކުރެއްގެ ދިރުން، މުޅިން އެހެން ޕާޓީއެއް އުފަންކުރާ ވާހަކަ އެ ދައްކަވަނީ. އަޅުގަނޑުމެންނަށް ފޮރުވައިގެން އަޅުގަނޑުމެންނަށް ނާންގާ އެހެން ފިކުރެއް ގެންގުޅުއްވަނީތޯ؟"

އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމްގެ މި ރައްދުތައް ރައީސް ނަޝީދުއަށް އަމާޒުވެފައި މިވަނީ އެމްޑީޕީގެ އެތެރޭގައި "މައުމޫނީ ފިކުރެއް" އުފަންވެގެން އުޅޭކަމަށް ރައީސް ނަޝީދު ކެމްޕެއިނުގައި ވިދާޅުވެފައިވާތީއެވެ.

42%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް