ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދު
ރައީސް ސޯލިހާއިމެދު އެންމެ ބޮޑަށް ހިތްހަމަ ނުޖެހުނު ސަބަބު ނަޝީދު ސާފުކޮށްދެއްވައިފި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއިމެދު އެންމެ ބޮޑު ހިތްހަމަ ނުޖެހުމެއް އޮތް ސަބަބު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސާފުކޮށްދެއްވައިފި އެވެ.
Advertisement

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެންމެ ބޮޑަށް އެމަނިކުފާނު ހިތްހަމަ ނުޖެހުން އުފެދުނީ، އަތޮޅު ކައުންސިލުގެ އިހްތިސޯސް މައްސަލާގައި ކަމަށެވެ.

"އެންމެ ބޮޑަށް އަޅުގަނޑު ހިތްހަމަ ނުޖެހުނު ކަމަކީ އަތޮޅު ކައުންސިލުގެ އިހްތިސޯސް. ރަށު ކައުންސިލުގެ އިހްތިސޯސް އޮތީ ކަނޑައަޅާފައި. އެ އިހްތިސޯސްގަ ނުހިމެނޭ ދެން އޮތް ސަރަހައްދަކީ އަތޮޅު ކައުންސިލުގެ އިހްތިސޯސް. އާދެ އެއީ ދައުލަތް. އެހެންމަވެސް ސަރުކާރުން ބާރު އަޅަމުން ގެންދިޔައީ އެކަން ނުކޮށް، ފަނޑުކޮށް ނުލެއްވުމަށް. އަތޮޅު ކައުންސިލް ހިއްސާވާ ކުންފުނީގެ ކަންތައްވެސް އޮތީ ހަމަ އެގޮތަށް. ދެން އަޅުގަނޑު ހިތްހަމަ ޖެހޭ ކަމެއް ނޫން އެއީ،" ނަޝީދު ވިދާޅުުވި އެވެ.

އެކަން ކުރެއްވީވެސް އަގުލަބިއްޔަތު އޮތަތީ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައި ކަމަށް އަމިއްލަފުޅަށް އެމަނިކުފާނު ވިދާޅުވަމުން ދިޔަކަމަށާއި، އެ ކޮންޓްރޯލް ބޭނުންކޮށްގެން ސަރުކާރު ބޭނުންވާ ކޮންމެ ކަމެއް ބޭނުން ގޮތަކަށް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެކަމާއި މެެދު ވަރަށް ހިތާމަކުރަން. ވަރަށް ދެރަވެސްވޭ މިގޮތަށް މިކަން ދާތީވެ، ދެން ލާމަރުކަޒީ ގާނޫނު އާއިރުވެސް، މަސްވެރިކަމުގެ ގާނޫނު އާއިރުވެސް. އަދި އެތައް ގާނޫނެއް މިހެން އަންނަމުންދާއިރުގައި ވަރަށް ނުއެދޭ ގޮތްގޮތަށް ސަރުކާރުން އެދޭ" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހެއްގައި ކަންކަން ފާސްވެގެން ނިންމުންތައް ނިންމިގެން ދަނީ، އަގުލަބިއްޔަތު އޮތް ބައެއް ބޭނުންވާ ގޮތަށް ކަމުން، ރައީސް ވަނީ އެކިގޮތްގޮތުން އެ އަގުލަބިއްޔަތު ހޯއްދަވާފައި ކަން ފާހަގަކުރައްވާ، ނަޝީދު ވިދާޅުވީ، އެ ބާރުގެ ބޭނުންކޮށްގެން ޓެކްސް ބިލު ފާސްކުރެއްވި ގޮތާއިމެދުވެސް ހިތްހަމަ ނުޖެހުންތައް އެބަހުރި ކަމަށެވެ.

ނަޝީދު މީގެ ކުރިން ވެސް ވަނީ، ރައީސް ސޯލިހުވެސް އެމަނިކުފާނާއި މަޝްވަރާކޮށްގެން އަދި ވާހަކަދައްކައިގެން ކަންކަން ކުރަން ބޭނުންފުޅުވާ ނުވާތީ ދެން ރައީސް ސޯލިހް އާއި ވާހަކަދައްކަވަ އެމަނިކުފާނުވެސް ބޭނުން ނުވާ ކަމަށް ބުނެ އެކި ފަހަރުމަތިން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.  

އެކަމަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް މިފަހުން ކެމްޕެއިން ޖަލްސާއެއްގައި ވިދާޅުވެފައިވަނީ، މަޝްވަރާ ދެއްވާ ވާހަކަތައް ހިއްސާކޮށްފިނަ އަޑުއަހާނެ ކަމަށާއި، އެކަމަކު އެއްވެސް މީހެއްގެ "އަޅަކަށް ނުވެވޭނެ" ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ކަންތައްތައް ނިންމާނީ ހުރިހާ ރައްޔިތުންނަށް ފައިދާ ވާގޮތަށް ކަމަށެވެ. އަދި ކޯލިޝަނާއި ކެބިނެޓުގެ ވަޒީރުންނާއި، ޕާޓީގެ މެމްބަރުންނާއިވެސް މަޝްވަރާ ކުރައްވާފައި ކަމަށެވެ. 

54%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް