ads
ރައީސުން
ނަޝީދު އަނެއްކާ ވެސް ރައީސް ސޯލިހު ދެކެ ކޯފާ ވެއްޖެ ”ދެން ބޭނުމެއްނޫން“
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދު އަނެއްކާ ވެސް ހިތްހަމަނުޖެހުންތައް އުފެދި، ރައީސް ސޯލިހު އާ ވާހަކަ ދައްކަވަން ބޭނުންފުޅުނުވާކަމަށް ރައީސް ނަޝީދު ވިދާޅު ވެއްޖެ އެވެ.
Advertisement

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި ބައްދަލު ކޮށްލެވުމުގެ ގޮތުން ކ. އާރަށުގައި ރައީސް ސޯލިހް މާދަމާ ރޭ ބާއްވާ ހާއްސަ ފަރިއްކޮޅަކަށް ދައުވަތު އަރުވައި އެމްޑީޕީ ވަޓްސް އެޕް ގުރޫޕަށް ވަނީ ދައުވަތުގެ މެސެޖެއް ފޮނުވާފަ އެވެ. 

އެ ފަރިއްކޮޅުގައި ބައިވެރިވާ މެމްބަރުން އަންގަވައިދެއްވުމަށް އެދިވަޑައިގަތް ފޮނުވި މެސެޖަށް މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ނަޝީދު ކުރެއްވި ރިޕްލައިގައި ވިދާޅުވެފައި ވަނީ، ”މާލޭގައި ހުންނެވި ނަމަވެސް އާރުޖޭގެ ޖީއެމް ބައްދަލުވުމަށް ނުދާނަން،" ކަމަށެވެ. 

އަދި ރައީސް ސޯލިހު ވެސް ކަންކަމުގައި މަޝްވަރާކޮށް ވާހަކަ ދައްކަވައިގެން ކަންކަން ކުރަން ބޭނުންފުޅުނުވާއިރު، ރައީސް ސޯލިހު އާ ވާހަކަ ދައްކަވަން ”އަޅުގަނޑުވެސް ދެން ބޭނުމެއް ނޫން“ ކަމަށް ނަޝީދުގެ ރިޕްލައިގައި ވެއެވެ. 

ރައީސްގެ ދައުވަތު ގަބޫލު ނުކުރައްވާނެ ކަމަށް ފާޅުގައި ނަޝީދު އަނެއްކާ ވެސް ވިދާޅުވެ ހިތްހަމަނުޖެހުން ފާޅުކުރެއްވިއިރު، މިދެބޭފުޅުން ސުލަހަވީ ދާދި ފަހުން ނެވެ. 

އެމްޑީޕީގެ ވަޓްސްއެޕްް ގުރޫޕުގައި އެކި ފަހަރުމަތިން ސަރުކާރަށް ފާޑު ވިދާޅުވަމުން ދިއުމަށް ފަހު ހަތިޔާރު ބަހައްޓަވައި ރައީސް ސޯލިހު އާ އެކު އަތާއި އަތްގުޅުއްވާލައްވައި އެއް ފޮޓޯގަނޑަކަށް ނަޝީދު ވަނީ އެންމެ ފަހުން ބޭއްވި ކޮންގްރެސް ތެރޭ އަރުއްވާފަ އެވެ. 

ނަޝީދު އާއި ރައީސް ސޯލިހު އަދި ޕާޓީގެ ޗެއަ ފައްޔާޒު އިސްމާއިލް އާ އެކު ކުރެއްވި ކުޑަ މަޝްވަރާއަކަށް ފަހު އެފަހަރު ހުށަހަޅަން އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ގަރާރު ވެސް ނަޝީދު އޭރު މަޑުޖައްސަވާ ލެއްވި އެވެ. އެދުވަހު ނަޝީދު ވިދާޅުވީ، ހައްލު ހޯދާނީ މަޝްވަރާއިން ކަމަށާއި، ދެން މަސައްކަތް ކުރާނީ އެކީގައި މަސައްކަތްކޮށް 2023 ހޯދުމަށް ކަމަށެވެ.

އޭގެ ފަހުން މަޖިލީހުގެ ތަޅުމުގަޔާއި، ވަޓްސް އެޕް ގުރޫޕުގައި ސަރުކާރާއި ދެކޮޅަށް ފާޅުކުރަމުން ދިޔަ ހިތްހަމަނުޖެހުންތައް ވެސް މުޅިންހެން މެދުކެނޑުނެވެ.  އަނެއްކާ ވެސް ރައީސް ސޯލިހާ މެދު ހިތްހަމަޖެހިވަޑައި ނުގަންނަވައިގެން އުޅުއްވަނީ ކޮން ސަބަބަކާއި ހެދިކަމެއް އަދި ސާފެއް ނުވެ އެވެ. 

60%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
7%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް