ads
ރަޝިއާއިން ހަމަލާދިންކަމަށް ބުނާ ސަރަހައްދު
ޔޫކްރެއިންގެ 600 ސިފައިން މަރާލިކަމަށް ރަޝިއާއިން ބުނާބުނުން ދޮގުކޮށްފި
ޔޫކްރެއިންނަށް ދިން ހަމަލާތަކުގައި 600 ސިފައިން މަރާލެފިވައިވާކަމަށް ރަޝިއާއިން ބުނާބުނުން ޔޫކްރެއިނުން ދޮގުކޮށްފިއެވެ.
Advertisement

ޔޫކްރޭންގެ ހަތިޔާރުއެޅި ފައުޖުގެ އިރުމަތީ ގްރޫޕްގެ ތަރުޖަމާނު ސާގި ޗެރެވަޓީ ސަސްޕިލްނޭ މީޑިއާއަށް ވިދާޅުވީ ޔޫކްރެއިންގެ 600 ސިފައިން މަރާލިކަމަށް ބުނެ ރަޝިއާއިން ފަތުރަނީ ދޮގުހަބަރެއް ކަމަށެވެ. އަދި އެއީ ރަޝިއާއިން ފަތުރަމުންދާ ޕްރޮޕެގެންޑާގެ ބޮޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޔޫކްރެއިންގެ 600 ސިފައިން މަރާލިކަމަށް ރަޝިއާއިން ބުނެފައިވަނީ އާ އަހަރާއިއެކު ޔޫކްރެއިންނަށް ދެމުންދާ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އާ އަހަރު ފެށުން ފާހަގަ ކުރުމަށް ރަޝިއާގެ އަސްކަރީ މަރުކަޒަކަށް ޔޫކްރެއިނުން ދިން ހަމަލާއެއްގައި ރަޝިއާގެ ގިނަ އަދަދެއްގެ ސިފައިން މަރާލިއެވެ.

ޔޫކްރެއިނުން ބުނެފައިވަނީ އެހަމަލާގައި 400 ސިފައިން މަރުވިކަމަށެވެ. އެ އަދަދަށް ރަޝިއާއިން އެއްބަސް ނުވި ނަމަވެސް ގިނަ އަދަދެއްގެ ސިފައިން މަރުވިކަމަށް ރަޝިއާއިންވެސް އެއްބަސްވި އެވެ. އަދި ޔޫކްރެއިނަށް ދޭ ހަމަލާތައް އެހާދިސާއަށްފަހު ވަރުގަދަވެސް ކުރިއެވެ.

ރަޝިއާއިން ހަމަލާދީ ޔޫކްރެއިންގެ 600 ސިފައިން މަރާލިކަމަށް ބުނާ ސަރަހައްދަށް ރޮއިޓާސްގެ ރިޕޯޓަރުންވަނީ ހުކުރު ދުވަހު ގޮސްފައެވެ. ރިޕޯޓަރުންނާ ހަވާލާދީ ރޮއިޓާސްއިން ބުނެފައިވާ ގޮތުގައި އެފަދަ ބޮޑު ހަމަލާއެއް ދީފައިވާ ކަމުގެ ނިޝާނެއް އެސަރަހައްދުން ނުފެނެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް