ads
ނީލަން ފިހާރަތަކުގައި އަލިފާނުން ރޯވެ އަނދަނީ
ނީލަން ފިހާރަތަކުގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް
ނީލަން ފިހާރަތަކުގައި އަލިފާނުން ރޯވެ އެސަރަހައްދު އެއްކޮށް ކަހަލަގޮތަކަށް އަނދައި ހުލިވެ، ބޮޑުގެއްލުމެއް ވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެ ސިޓީ، ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވާން ފަށާފައިވަނީ ފަތިހުގެ ވަގުތުގައި ކަމުގައެވެ.

ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނަ ނީލަން ފިހާރަ ސަރަހައްދަކީ ބޭނުން ކޮށްފައިހުންނަ ތަކެއްޗާއި، އަގުހެޔޮކޮށް ވިއްކާ ބައެއް ތަކެތި އަދި ގިނަ އަދަދެއްގެ ލަކުޑި ވިއްކަން ހުންނަ ތަނެކެވެ.

your imageނީލަން ފިހާރަތަކުގައި އަލިފާނުން ރޯވެ އަނދަނީ

 

އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުނީ މިއަދު ހެނދުނު 05:43 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުސާރވިސްއާއި ވެލާނާ އެއާޕޯޓްގެ ފަޔަރ ގުޅިގެން މިހާރު އަލިފާންގަނޑު ގެ 70 އިންސައްތަ ކޮންޓްރޯލްކޮށްފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

your imageނީލަން ފިހާރަތަކުގައި އަލިފާނުން ރޯވެ އަނދަނީ

ނީލަން ފިހާރަތައް ހުންނަ މަގުގެ އަނެއް ފަރާތުގައި ހުންނަ ބިދޭސީން އުޅޭ ކޮށިތަކުން ބައިވަރު ބިދޭސީން ފޮށި ތަންމަތި ހިފައިގެން ނުކުމެ ބޭރު މަގު ތޮށި މަތީ އެބަތިއްބެވެ. 

your imageބިދޭސީން ތޮށިމަތީގައި

މާލޭ ކުރީގެ އެއް ނަމްބަރު ކުނިކޮށްޓާއި ޕޮލިސް ވެހިކަލު ގަރާޖާއި ދެމެގުގައި ހިންގަމުން ގެންދާ ނީލަން ފިހާރަ ސަރަހައްދުގެ މަގުމަތީގެ ދެފަރާތުގައިވެސް މީހުން ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާ މައަސަލާގައި މާލޭ ސިޓީ ކައުންސިލުން މިފަހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ހުއްޓުވައި ދިނުމަށް ފުލުހުނަނަށް ސިޓީ ކައުންސިލުންވަނީ ހުށަހަޅާފައެވެ.

17%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް