ބ. އަތޮޅު ތުޅާދޫ އެއާޕޯޓްގެ މަސައްކަތް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ބަޔަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ސޯލިހް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ކެމްޕެއިންގެ ތެރެއިން ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ފުރައިގެން 30 މިނެޓުން ދެވޭނެ އެއަރޕޯޓެއް ތަރައްގީ ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ރައީސް ސޯލިހްވަނީ އެ ވައުދު ފުއްދުމުގައި ސަރުކާރުން ކުރާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު މިއަދު ބ. އަތޮޅުގައި ހިއްސާކުރައްވާފައެވެ. ރައީސްވަނީ މިހާރުވެސް ތިން އެއާޕޯޓެއްގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވާފައެވެ. އެއީ މ. މުލީ އެއަރޕޯޓާއި، ފ. މަގޫދޫ އެއަރޕޯޓާއި، ގދ. ފަރެސްމާތޮޑާއި އެއަރޕޯޓްގެ މަސައްކަތެވެ.