ads
ފިލްމުގެ ޕޯސްޓަރެއް---
ވިކީގެ ފުރަތަމަ ބިރުވެރި ފިލްމަށް ހީކުރި ތަރުހީބެއް ނުލިބުނު
ބޮލީވުޑުގައި ކުރިއަރަމުން އަންނަ ޒުވާން ތަރި، ވިލީ ކޯޝަލް މަސައްކަތްކުރި ފުރަތަމަ ބިރުވެރި ފިލްމު ކަމަށްވާ "ބޫތު" އަށް ހީކުރި ތަރުހީބު ލިބިފައި ނުވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ފިލްމު ނެރެފައިވަނީ މިދިޔަ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަށް ދުވަސް ތެރޭ ފިލްމަށް 25.20 ކަރޯރު ރުޕީސް ލިބިފައިވާއިރު ފިލްމަށް އެހާ ބޮޑު ތަރުހީބެއް ލިބެމުން ނާންނަ ކަމަށް ހަބަރުތަކުން ބުނެއެވެ.

ފިލްމު ބެލި ބައެއް ފަރާތްތަކުން ވެސް ވަނީ ފިލްމު ކަމު ނުދާ ކަމަށް ބުނެފައެވެ. އަދި ފަންނާނުންގެ އެކްޓިން ވެސް ކަމު ނުދާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ފިލްމަކީ މުމްބާއީގައި ކުރިން ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ނެރުނު ފިލްމެކެވެ. ފިލްމުގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދިޔައީ ބޫމީ ފެޑްނެކަރެވެ.

ޑައިރެކްޓަރު ބަނޫ ޕްރަތާބް ސިން ޑައިރެކްޓު ކުރާ އެ ފިލްމު ހާއްސަވާ ސަބަބުތައް އެބަހުއްޓެވެ. އެގޮތުން ލޯބީގެ ފިލްމުތައް އާންމުކޮށް ޕްރޮޑިއުސް ކުރާ ކަރަން ޖޯހަރަކީ މި ފިލްމުގެ ޕްރޮޑިއުސަރެވެ. މިއީ ކަރަން ވެސް ބިރުވެރި ފިލްމެއްގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އުމުރުން 31 އަހަރުގެ ވިކީ ވިދާލީ މިދިޔަ އަހަރު ނެރުނު ފިލްމު "ރާޒީ"ގައި މަސައްކަތް ކުރި ފަހުންނެވެ. އޭގެ ފަހުން ބޮލީވުޑުން ގިނަ ފުރުސަތުތަކެއް އޭނާއަށް ލިބެމުން އަންނައިރު "ސަންޖޫ" އާއި "ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް"ގައި ވެސް އޭނާ މަސައްކަތްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް