
ގދ. ފަރެސްމާތޮޑާ ދިލްދާރުގެ އާމިނަތު ރަޝީދާ
އުމްރާއަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އަހުމަދު ހަސަން
10 ޖެނުއަރީ 2023 - 17:05:26
އުމްރާއަށް ގޮސް ހުރި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމްރާގެ މަތިވެރި އަޅުކަމަށް މައްކާއަށް ގޮސް ހުއްޓައި ނިޔާވި ދިވެހި އަންހެން މީހާއަކީ، ގދ. ފަރެސްމާތޮޑާ ދިލްދާރުގެ އާމިނަތު ރަޝީދާއެވެ. އާމިނަތު ރަޝީދާއަކީ އުމުރުން 84 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އާމިނަތު ރަޝީދާ ނިޔާވީ މައްކާ ގަޑިން 11:55 ގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އާމިނަތު ރަޝީދާއަކީ ކަމަނަ އަލްހައްޖު ވަލްއުމްރާ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ދިޔަ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މިއަދުގެ އަސްރު ނަމާދަށް ފަހު މައްކާގެ ހަރަމްފުޅުގައި އާމިނަތުގެ މައްޗަށް ކަށު ނަމާދު ކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް