ads
ދަ އައިލްސް އޮފް ސިލީ
ރާއްޖެއާ ވައްތަރުކަމަށް ބުނާ އިނގިރޭސި ވިލާތުގެ ރަށްތަކަކަށް މަގުބޫލުކަން
ދިވެހިރާއްޖެއާއި ވައްތަރުކަމަށް ބުނާ އިނގިރޭސި ވިލާތުގެ ރަށެއް، އިނގިރޭސިންގެ ތެރޭގައި މަގުބޫލުވާން ފަށައިފިއެވެ.
Advertisement

ދަ އައިލްސް އޮފް ސިލީގެ ނަމުން މަޝްހޫރު މި ޖަޒީރާ ރަށްތަކަކީ އިނގިރޭސި ޝާހީ އާއިލާއިން ވެސް ދޭތެރެ ދޭތެރެއިން ޗުއްޓީ ހޭދަކުރެއްވުމަށް ވެސް ވަޑައިގަންނަވާ ތަނެކެވެ. އެގޮތުން ޗާލްސްއާއި ޑަޔާނާ އަދި ދެ ދަރިކަލުން ވިލިއަމް އަދި ހެރީ އާއި އެކު 1989 ވަނަ އަހަރު މި ރަށްތަކަށް ވަޑައިގެން ޗުއްޓީ ހޭދަ ކުރައްވާފައިވެއެވެ. 

ދާދިފަހުން ޕްރިންސް ވިލިއަމް އަދި އެނާގެ އަނބިކަނބަލުން ކޭޓް ވެސް ވަނީ އާއިލާއެކު މި ރަށްތަަކަށް ވަޑައިގެން ޗުއްޓީ ހޭދަކުރައްވާފައެވެ. 

ކަން މިހެން ހިނގާފައިވަނިކޮށް، އިނގިރޭސި ވިލާތުގައި މި ރަށްތައް ވަރަށް ބޮޑަށް މަޝްހޫރު ވާން ފެށީ މި ނިމުނު 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފަށައިގެން ގިނަބަޔަކު ދިވެހިރާއްޖެއާއި އެ ރަށްތައް ވައްތަރުކަަމަށް ބުނެ ޗުއްޓީއަށް ދާން ފެށުމުންނެވެ.

އިނގިރޭސި ވިލާތުގައި ވިލާބީގެ ފަރާތުން ކޮށްފައިވާ ދިރާސާއެއް ދައްކާގޮތުން އެންމެ ގިނަބަޔަކު ޗުއްޓީ ހޭދަކުރަން ދާން ބޭނުންވަނީ ދިވެހިރާއްޖެއަށެވެ. ނަމަވެސް އެ ހިސާބުން ރާއްޖެއަށް އަންނަން އަގު ބޮޑުކަމުން ގިނަބަޔަކަށް އެއީ ވަރަށް ބޮޑު ތަކުލީފަކަށްވެއެވެ. 

"ގިނަބަޔަކަށް ދިވެހިރާއްޖެހާ ދުރަށް ދާން ބަޖެޓެއް ނުހުރޭ. މިރަށަށް ގިނަބަޔަކު ދަނީ ދިވެހިރާއްޖެއާ ވައްތަރުކަމުން،" ވިލަރބީގެ ޗީފް ކޮމާޝަލް އޮފިސަރު ޑެރެން ބްލެކް ވިދާޅުވެފައިވެއެވެ. 

އިނގިރޭސި ވިލާތުގެ އިންގްލޭންޑްގެ ކޮރްނޯލްގެ އައްސޭރީގައި އޮންނަ އައިލްސް އޮފް ސިލީ އަކީ އިނގިރޭސިވިލާތުގެ އެންމެ ރީތި އެއް ގޮނޑުދޮއް އޮންނަ ސަރަހައްދެވެ.

އެންމެ 2،000 މީހުންގެ އާބާދީއެއް އޮންނަ މި ޖަޒީރާތަކުން ރާއްޖެއާއި އާއި އެއްގޮތަށް ހާއްސަ އަދި އަމާން ޗުއްޓީއެއް ލިބޭކަމަށް އެ ރަށްތަކަށް ދާ މީހުން ބުނެއެވެ. 

77%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް