ads
ކެވިން ލީ
މަޝްހޫރު ބޮކްސިންތެޅުން ތެރިޔާ ކެވިން ލީ އިސްލާމްވެއްޖެ
ގިނަބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކުރީގެ ޔޫއެފްސީ ގެ ބޮކްސިން ތެޅުންތެރިޔާ ކެވިން ލީ އިސްލާމިވެފައި ވާކަމަށް އިއުލާން ކޮށްފި އެވެ.
Advertisement

މިދިޔަ އަހަރުގެ ތެރޭ ކެވިން ލީ އިސްލާމްދީން ގަބޫލުކުރި ކަމަށް އަޑުފެތުރުނު ނަމަވެސް އޭނާ އެކަން ކަށަވަރު ކޮށްދީފައި ނުވެ އެވެ. އެހެން ނަމަވެސް އޭނާ ވަނީ އޭނާ ކުރީގެ މެނޭޖުމަންޓާއި ވަކިވެ، އާ މެނޭޖްމަންޓަކާއި ގުޅިފައިވާކަން އިއުލާން ކޮށްފަ އެވެ. 

ކެވިން ލީ އިއްޔެ އޭނާގެ ޓުވިޓާގައި ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭ ކަމަށާއި، އެހެން ނަމަވެސް އޮގަސްޓު މަހުން ފެށިގެން އިސްލާމްދީނުގެ ކަންކަން އުނގެނެން ފެށި ކަމަށެވެ. އަދި މުސްލިމަކަށް ވުމުން މިހާރު ކުރެވޭ އިހުސާސްތައް ވަރަށް ތަފާތު ކަމަށާއި، މީހާ އަށް ހަމަޖެހުން ލިބިފައި ވާކަމަށް އިހުސާސް ކުރެވޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އޭނާ ބުނީ، ފާޅުގައި އިސްލާމްދީނަށް އުޅެން ފެށުމުން އެތައް ބައެއްގެ ތައުރީފް ލިބެމުން އަންނަ ކަމަށާއި، އެތައް ބައެއް ހިތްވަރު ދެމުން އަންނަ ކަމަށެވެ. އަދި އެކަކަށްވެސް މާތްﷲ ގެ އިރާދަފުޅު ބަދަލުނުކުރެވޭނެ ކަމަށާއި، ރަނގަޅު މަގު ފެނުމުން މިއަދު އުފާ ކުރާ ކަމަށް ވަނީ ބުނެފަ އެވެ. 

އުމުރުން 30 އަހަރުގެ ކެވިން ލީ ވަނީ މިހާތަނަށް އޭނާގެ ކެރިއަރުގައި ކުޅުނު 26 މެޗުން 19 މެޗު ކާމިޔާބު ކޮށްފަ އެވެ. 

86%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް