ads
ފުލުހުން ވޭން ހުއްޓުވައިގެން ބަނގުރާ ފުޅިތައް ނަގާ މަންޒަރު
ރާފުޅިތައް ފެނުނު ވޭން ހުއްޓުވީ ވޭނާއި މެދު ތުހުމަތު ކުރެވިގެން: ފުލުހުން
ބަނގުރާ ފުޅިތަކެއް ހިފައިގެން ދަނިކޮށް މިއަދު ހުޅުމާލެއިން ވޭން ހުއްޓުވީ، އެ ވޭނާއި މެދު ތުހުމަތުކުރެވިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ވަނީ މިއަދު ހުޅުމާލެއިން ދަތުރުކުރަމުން ދިޔަ ވޭނެއް ހުއްޓުވާ ބަލާފާސް ކޮށްފަ އެވެ. ފުލުހުން އެ ވޭން ބަލާ ފާސްކުރި އިރު، އޭގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރާ ވަނީ ފެނިފަ އެވެ. 

މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ވޭން ހުއްޓުވާ ބަލާ ފާސްކުރީ ވޭނާއި މެދު ތުހުމަތުކުރެވިގެން ކަމަށާއި، އެ ވޭޏް ބަލާފާސްކުރުމުގެ ތެރޭގައި ބަނގުރާ ފުޅިތަކަކާއި ބަނގުރާ ދަޅުތަކެއް ފެނިފައިވާ ކަމަށެވެ. 

މި މައްސަލަ އާއި ގުޅިގެން ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. 

ބަނގުރާ ހިފައިގެން ދަނިކޮށް ފުލުހުން ހުއްޓުވި ވޭނަކީ، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ކުންފުނި ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ވޭނެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް