
ޕްރިންސް ހެރީ މިއަދު ވިދާޅުވީ އަފްގާނިސްތާނުގައި ހަނގުރާމަ ކުރެއްވިއިރު 25 މީހުން މެރިވާހަކައަކީ ދޮގެެއް ކަމަށެވެ.
މީގެ އިތުރުން ވެސް އެމަނިކުފާނުގެ އާއިލާއާ ގުޅޭގޮތުން ވެސް ދޮގު ވާހަކަތަކެއް ފަތުރާފައިވާކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑު ނުރައްކާތެރި ވާހަކަތަކެއް ނުލިޔަން. އެހެންވިއަސް ނޫސްތަކުން ފެތުރި ވާހަކަތަކަކީ އަޅުގަނޑާ އާއިލާއަށް ވަރަށް ބޮޑު ނުރައްކަލެއް" ހެރީ ނުރުހުން ފާޅުކުރައްވައި މިއަދު ވިދާޅުވިއެވެ.
ހެރީގެ ފޮތް މިދިޔަހަފްތާގައި ނެރުމުގެ ކުރިން އެ ފޮތުގެ ކޮޕީއެއް ލިބިފައިވާކަމަށް 'ގާޑިއަން ' އިން ވަނީ ބުނެފައެވެ.
އެނޫހާއި ދުނިޔޭގެ ގިނަ ނޫސްތަކުން ރިޕޯޓު ކުރިގޮތުން ހެރީ 'ސްޕެއާ' ގަައި ލިޔުއްވާފައިވަނީ އަފްގާނިސްތާނުގަ ހަނގުރާމަ ކުރެއްވި އިރު 25 މީހުން މެރިކަމަށެވެ.
ހެރީގެ ކޮއްކޯފުޅު ވިލިއަމް އަނިޔާ ކުރެެއްވިކަމަށް ވެސް އެ ފޮތުގައި ލިޔުއްވާފައިވާކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.