ads
ރާކީ ސުވަންތު
ރާކީ ސުވަންތު ސިއްރުން ކައިވެންޏެއް ކުރިކަން ފަޅާއަރައިފި
އިންޑިއާގެ ޓީވީ ތަރި ރާކީ ސަވަންތު ސިއްރުން ކައިވެންޏެއް ކުރިކަން ފަޅާއަރައިފިއެވެ.

ރާކީ ސިއްރުން ކައިވެނި ކޮށްފައިވަނީ އޭނާގެ ލޯބިވެރިއާ އާދިލް ދުރާނީ އާއެވެ. 

ރާކީ އަކީ ބިގް ބޮސް އިން ގިނަބައެއްގެ ސަމާލުކަން ހޯދި ފަންނާނެކެވެ. އޭނާ ކޯޓުގައި ސިއްރުން ކައިވެނިކުރި ނަމަވެސް، އެމީހުންގެ ލީކް ވެފައިވާ ފޮޓޯއިން ފެންނަނީ ކައިވެނީގެ ހެދުމުގައި ތިބި ތަނެވެ. އަދި ދެމީހުންގެ ކަރުގައި މާފަތި އަޅުވާފަައިވާތަން ވެސް ފެނެއެވެ.

ބައެއް ވީޑިއޯތައް ވެސް އެމީހުންގެ ކައިވެނީގެ ހަފްލާއިން ލީކްވެފައިވާއިރު އެ ވީޑިއޯތަކުން އެމީހުން ލަވަކިޔާ މަންޒަރު ފެނެއެވެ.  

your imageލީކުވެފައިވާ ރާކީ ސުވަންތުގެ ކައިވެނީގެ ފޮޓޯތައް

މިއީ ރާކީ ކުރި ދެވަނަ ކައިވެންޏެވެ. މީގެ ކުރިން ކައިވެނި ކުރީ ރިތޭޝް ރާޖް އާއި އެވެ.  ބިގް ބޮސް 15 ގެ ޝޯއަކަށް ވެސް ރާކީ ވަނީ އޭނާގެ ކުރީގެ ފިރިމީގާ ގެނެސްފައެވެ. ނަމަވެސް ފަހުން އެމީހުން ވަރިވީ ރާކީ އޭނާގެ ފިރިމީހާއާ މެދު ކުރި ތުހުމަތުތަކެއްގެ ސަބަބުންނެވެ. 

ރާކީ ސަވަންތަކީ އިންޑިއާގެ މޮޅު ޑާންސަރެކެވެ. އޭނާއަކީ މޮޑޮލް ކުރުމާ ފިލްމު ކުޅުމުގެ އިތުރުން ޓީވީ ޓޯކް ޝޯ ހޯސްޓުކުރާ މީހެކެވެ.  އޭގާ ގިނައިން ކުޅެފައިހުރީ ހިންދީ ފިލްމެވެ. ނަމަވެސް މަދުން ކަންނަޑާ، މަރާތީ، އޮޑިއާ، ޓެލެގޫ އަދި ތަމަޅަ ފިލްމުތަކުން ފެނިގެން ގޮސްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް