ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި އެ މަނިކުފާނު އެޑްމިޓްކޮށްފައިވާ ކަން ހާމަ ކުރައްވިނަމަވެސް ވިދާޅުވީ ހާލުކޮޅު ރަނގަޅު ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުުގައި އެ މަނިކުފާނު އެޑްމިޓް ކުރީ ލޭގެ ޕްރެޝަރު ދަށްވެގެންނެވެ.
ރާއްޖޭގައި ހަލުއި ސްޕީޑުގައި ކޮވިޑު ފެތުރެމުން ދިޔަ ދުވަސްވަރުވެސް ރައީސް މައުމޫން އެޑްމިޓްކޮށް ފަރުވާ ދެވުނެވެ.
ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަަން އެ މަނިކުފާނު ޓްވީޓް ކުރެއްވުމާއެކު ގިނަ ބަޔަކު އަންނަނީ އެ މަނިކުފާނަށް އަވަސް ޝިފާއަކަށް އެދެމުންނެވެ.