ads
މޭޔަރު މުއިއްޒު ކައުންސިލްގެ މުވައްޒަފުންގެ އަރިހަށް މިއަދު ކުރި ޒިޔާރާތް
ނީލަން ފިހާރަ އަލިފާން: ބިދޭސީންގެ ހާލު މުއިއްޒު ބައްލަވައިފި
މިދިޔަ ހަފަތާގެ ހޯމަ ދުވަހު ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން ވަގުތީ ހިޔާއަށް ބަދަލު ކުރެވުނު ބިދޭސީންގެ ހާލު ބައްލަވާލެއްވުމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންފި އެވެ.
Advertisement

ނީލަން ފިހާރައިގައި ރޯވި އަލިފާންގަނޑު ފެތުރު އެ ސަރަހައްދުގައި ހުރި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ތިބޭ ލޭބާކުއާޓާގައިވެސް ވަނީ އަލިފާން ހިފާފަ އެވެ. އެ ހާދިސާގެ ސަބަބުން ނީލަން ފިހާރަ އާއި ލޭބާކުއާޓާސް ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. 

ސިޓީ ކައުންސިލުން މިއަދު ބުނީ، ނީލަން ފިހާރަ އަލިފާނުގެ ހާދިސާ އާއި ގުޅިގެން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ވަގުތީގޮތުން ބަދަލު ކުރެވުނު މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ ހާލު ބައްލަވާލެއްވުމަށް މާލެ ސިޓީގެ މޭޔަރު މުއިއްޒު އާއި ކައުންސިލަރުން މިއަދު ޒިޔާރަތް ކުރައްވާފައި ވާކަމަށެވެ. 

މީގެ އިތުރުން އެ ތަނުގައި ތިބި ބިދޭސީންނަށް އަމާޒުކޮށްގެން އެ ސަރަހައްދުގައި މިއަދު ވަނީ ހެލްތު ކޭމްޕެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. 

ހޯމަ ދުވަހު ފަތިހު މާލޭ ނީލަން ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ހިޔާވަހިކަމެއްގެ ގޮތުގައި ފަރުކޮޅުފުށި ބޭނުންކުރަން ސަރުކާރުން ނިންމީ އެ މީހުންނަށް ހިޔާވަހިކަމެއް މާލޭ ސިޓީ ކައުންސިލަށް ހަމަ ޖައްސައި ނުދެވުމުން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

ހޯމަ ދުވަހު ފަތިހު ނީލަން ފިހާރައިގައި ރޯވެ، އެ ތަނާ އިންވެގެން ހުރި ލޭބަ ކުއާޓަރަށް ވެސް އަލިފާންގަނޑު ފެތުރުމުން 200 އެއްހާ ބިދޭސީން ވަންނާނެ ތަނެއް ނެތި މަގުމަތިވިއެވެ. ހޯމަ ދުވަހު ހެނދުނުން ފެށިގެން އެ މީހުން ބައިތިއްބާފައި ތިބީ އިމާދުއްދީން ސްކޫލުގަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން ކުރި މަޝްވަރާތަކަށް ފަހު ނިންމީ ހާލުގައި ޖެހުނު ބިދޭސީންގެ ވަގުތީ ހިޔާގެ ގޮތުގައި ހުޅުމާލެއާ ގުޅިފައި އޮންނަ ފަރުކޮޅުފުށި ވަގުތީ ގޮތުން ބޭނުން ކުރަން ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކުމުން ހުޅުމާލެއާ ގުޅިފައިވާ ކުރީގެ ރިސޯޓު، ކޮވިޑްގެ ދުވަސްވަރު ކަރަންޓީނު ފެސިލިޓީއަކަށް ވެސް ބޭނުންކުރި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް