ads
އިންޑިޔާ އައުޓް ކެމްޕެއިންގެ ތެރެއިން
އިންޑީޔާ އައުޓް ސްޕްރޭކުރި މީހަކު އަނެއްކާވެސް ޖަލަށް
ށ. ފޭދޫގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ޢިމާރާތުގެ ވަށާފާރުގެ ބޭރުގައި "އިންޑިޔާ އައުޓް"، "ސޭވް މޯލްޑިވްސް" "ބޭން އުތެމަ" "ފައްޅީގައި ހުންނަ ކުލަ" ފަދަ އެކި ލިޔުން ލިޔުނު މީހަކު ޖަލަށްލާން އެ ރަށު ކޯޓުން ހުކުމްކޮށްފިއެވެ.

ށ. ފޭދޫގައި ތަރައްޤީ ކުރަމުންދާ ޕްރީސްކޫލް ޢިމާރާތުގެ ވަށާފާރުގެ ބޭރުގައި "އިންޑިޔާ އައުޓް"، "ސޭވް މޯލްޑިވްސް" "ބޭން އުތެމަ" "ފައްޅީގައި ހުންނަ ކުލަ" ފަދަ އެކި ލިޔުން ލިޔުނު ށ. ފޭދޫ ޝަފަގު މުހައްމަދު ސަމާހް ޖަލަށްލާން މިދިޔަ ހަފްތާގައި ހުކުމް ކުރީ ފޭދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. މި މައްސަލައަކީ މި ދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަހުކޮޅު ހިނގި ހާދިސާއެކެވެ.

ޝަރީއަތުގައި މި ދައުވާއަށް ޖަވަބުދާރީވުމުން ސަމާހްވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ދައުވާއަށް އިންކާރުކުރުމާއި ގުޅިގެން ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހެއްކާއި ގަރީނާ ޝަރީއަތަށް ހުށަހެޅިއެވެ.

މި މައްސަލައިގައި ކުށް ސާބިތުވާ ކަމަށް ކޯޓުން ކަނޑައެޅުމުން ސަމާހްގެ ފަރާތުން ބުނެފައިވަނީ ވީހާވެސް ކުޑައަދަބެއް ކަނޑައަޅައިދިނުމަށާއި ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާގެ އަދަބެއް ނުވަތަ ގޭބަނދަށް ނުވަތަ މުޖުތަމައަށް ހިދުމަތްކުރުމުގެ އަދަބެއް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލައިގައި ހުކުމް ކުރީ ސަމާހް ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށެވެ. އެހެންނަމަވެސް އެ އަދަބު ގާޒީވަނީ ނުވަމަހާއި ދެ ދުވަހުގެ ގޭ ބަންދު ހުކުމަކަށް ބަދަލުކޮށް އަދަބު ލުއިކޮށްދީފައެވެ. މި މައްސަލަ ބަލައި ހުކުމްކުރީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ޒިޔާދުއެވެ.

ކެނެރީގޭ ފާރުގައި އިންޑީޔާ އައުޓް ޖެހި މީހަކުވެސް މިދިޔަ އަހަރު ވަނީ ޖަލަށްލާން ހުކުމްކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް