އިނގިރޭސިވިލާތާއި އީރާންގެ ރަށްވެހިކަންވެސް އޮންނަ އަލީރެޒާ އަކްބަރީ ދަންޖައްސާ މަރާލާފައިވާކަން އީރާންގެ މީޒާން ނިއުސް އެޖެންސީންވަނީ ބުނެފައެވެ. މީޒާން ނިއުސް އެޖެންސީއަކީ އީރާންގެ ޝަރުއީ ދާއިރާއާއި ގުޅުން އޮންނަ ނިއުސްއެޖެންސީއެކެވެ.
ކުރީގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރު މަރާލިކަން އީރާނުން އިއުލާނުލުރި ނަމަވެސް އެކަން ހިނގާފައިވަނީ ކޮންއޮރަކުކަމެއް ނުބުނެއެވެ. ބައިނަލްއަގްވާމީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އޭނާ މަރާލިކަން އީރާނުން އިއުލާނުކުރި ނަމަވެސް މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ މީގެ ދުވަސްތަކެއް ނުރިންނެވެ.
އީރާނުން ވަނީ އަކްބަރީ އަކީ އިނގިރޭސިވިލާތުގެ އެމްއައި-6 އިންޓެލިޖެންސް އެޖެންސީގެ ޖާސޫސެއް ކަމަށް ތުހުމަތުކޮށްފަ އެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ސްޕޯކްސްމަން ވެޑަންތު ޕަޓޭލް ވަނީ އަކްބަރީގެ މަރުގެ ހުކުމް އިއްވުމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވުމަކީ ސިޔާސީ ގޮތުން ކުރިކަމެއް ކަމަށާއި އޭނާއަށް މަރުގެ އަދަބު ދިނުމަކީ ވިސްނުންތެރިކަމެއް ނެތް ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އީރާނުން އަމިއްލައަށް އަދި ނުހައްގުން ބަންދުކުރުމާއި، މަޖުބޫރުކޮށްގެން އިއުތިރާފުވުމާއި، ސިޔާސީ ގޮތުން މަރުގެ އަދަބު ދިނުމަކީ މުޅިން ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ނިމުމަކަށް އަންނަންޖެހޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިނގިރޭސީ ވިލާތަށް ޖާސޫސް ކޮށްދިންކަމުގެ ތުހުމަތުކައި އަކްބަރީ ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރު އެވެ.