ads
ފުލުހުން މީހެއްގެ އަތުގައި ބިޑި އަޅުވާފައި
ލާރި ދަބަހެއް ހިފައިގެން ފިލި މީހަކު އިންޓަޕޯލް މެދުވެރިކޮށް ގެެނެސްފި
މީހެއްގެ ލާރި ދަބަހެއް ހިފައިގެން ފިލައިގެން ތައިލެންޑަށް ދިޔަ ދިވެއްސަކު އިންޓަފޯލް މެދުވެރިކޮށް މާލެ ގެނެސް ހައްޔަރުކޮށްފިއެވެ.
Advertisement

ގިނަ އަދަދެއްގެ ފައިސާ ހުރި ދަބަހެއް ހިފައިގެން ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް ގެނައީ ދ. މީދޫ، ބިއްލޫރިވިލާ މުހައްމަދު އިހްސާން ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ހިޔާނާތާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތެވެ. އޭނާ މިހާރު ހުރީ 15 ދުވަހަށް ބަންދުކޮށްފައެވެ. 

ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އޭނާ އަތަށް މީހަކު ދިން ގިނަ އަދަދެއްގެ ފައިސާ އަޅާފައިހުރި ދަބަހެއް ހިފައިގެން މީނާ ފިލައެވެ. އަދި ހާދިސާގެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ފުރައިގެން ތައިލެންޑަށް ދިޔަ ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުން އެނގެއެވެ. 

އޭނާ ތައިލެންޑަށް ފިލައިގެން ދިޔުމުން އޭނާ ގެެނެސްފައިވަނީ އިންޓަޕޯލް މެދުވެރިކޮށް ކަމަށް ކްރިމިނަލް ކޯޓުގެ ރިޕޯޓުން އެނގެއެވެ. އޭނާގެ ބަންދު މުއްދަތު ޖަހާފައިވަނީ މި ހާދިސާގައި ހިމެނޭ ފައިސާއަކީ ގިނަ އަދަދެއްގެ ފައިސާ ކަމުން، އޭނާ އެ ފައިސާ ބޭނުންކޮށްގެން ރާއްޖޭން ބޭރުގައި ފިލައިގެން އުޅެފާނެތީއެވެ. 

މި މައްސަލައިގައި ހިމެނެނީ ކިހާ ފައިސާއެއް ކަމެއް ސާފެއް ނޫނެވެ. 

64%
ކަމުގޮސްފި
9%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް