ads
ފިނޭންސް މިނިސްޓްރީން މިފަހަރު ވިއްކުމަށް ހުޅުވާލާފައިވަނީ ހަތަރު ޓީ ބިލެއް - ފޮޓޯ:އަވަސް
2.2 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކުމަށް ހުޅުވާލައިފި
ސަރުކާރުގެ ފަރާތުން 2.2 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް ހުޅުވާލައިފިއެވެ.
Advertisement

ފިނޭންސް މިނިސްޓްރީން މިފަހަރު ވިއްކުމަށް ހުޅުވާލާފައިވަނީ ހަތަރު ޓީ ބިލެކެވެ. އެ ގޮތުން އެ މިނިސްޓްރީން އިއުލާނުކޮށްފައިވަނީ:

  • 28 ދުވަހުން އަނބުރާ ދެއްކުމަށް - 429 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 99 ދުވަހުން ދެއްކުމަށް - 245 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 182 ދުވަހުން ދެއްކުމަށް - 240 މިލިއަން ރުފިޔާގެ ޓީ ބިލެއް
  • 364 ދުވަހުން ދެއްކުމަށް - 1.3 ބިލިއަން ރުފިޔާގެ ޓީ ބިލެއް

މި މަހުގެ 16 ވާ ހޯމަ ދުވަހަކީ މި ބިލުތަކުގެ ސެޓްލްމަންޓް ދުވަސް ކަމުގައި ކަނޑައަޅާފައިވާއިރު، ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރީ 3.50 އިންސައްތަ އާއި 4.60 އިންސައްތަ އާ ދެމެދުގައެވެ.

ޓީ ބިލުތަކުގެ އިންޓްރަސްޓް ރޭޓް ހުރިގޮތް:

  • 429 މިލިއަން ރުފިޔާގެ ޓީ ބިލް - 3.50 އިންސައްތަ
  • 245 މިލިއަން ރުފިޔާގެ ޓީ ބިލް - 3.87 އިންސައްތަ
  • 240 މިލިއަން ރުފިޔާގެ ޓީ ބިލް - 4.23 އިންސައްތަ
  • 1.3 ބިލިއަން ރުފިޔާގެ ޓީ ބިލް - 4.60 އިންސައްތަ

އާންމުގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް