
އިންޑިއާ އަދި ޕާކިސްތާނުން މިއަދު ހަވީރު 5:00 ގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއެވެ.
މި ހަމަލާތައް ދީފައިވަނީ ދެ ގައުމުގެ މެދުގައި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ތިން ގަޑިއިރު ވެސް ނުވަނީހެވެ.
ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ސްރީނަގަރު އަދި ޖައްމޫގައި ބޮޑެތި ގޮވުންތަކެއް އިވުނު ކަމަށް ރިޕޯޓުތަކުން ދައްކައެވެ. މި ގޮވުންތައް އިވިފައިވަނީ ރޭގަނޑު 7:45 އަދި 9:00 ގައެވެ. ޖައްމޫ އަދި ކަޝްމީރުގެ ޗީފް މިނިސްޓަރު އޯމަރު އަބްދުއްލާ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށް، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ވީ ކީއްތޯ ސުވާލުކޮށްފައިވެއެވެ.
އިންޑިއާގެ ދިފާއީ އޮފިޝަލުން ބުނެފައިވަނީ އެއްބަސްވުމަށް ތަބާވާނެ ކަމަށާއި، ނަމަވެސް ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށް ވިސްނުންތެރިކަމާއެކު ތިބޭނެ ކަމަށެވެ. ޖައްމޫ އަދި "އާރުއެސް ޕޫރާ" ސެކްޓަރުތަކުގައި ހަމަލާތައް ދެވިފައިވާކަން ފާހަގަކުރެވުނު ކަމަށާއި، ބޯޑަރު ސެކިއުރިޓީ ފޯސް (ބީއެސްއެފް) އިން މި ހަމަލާތައް ހުއްޓުވިކަމަށް ވެސް އިންޑިއާއިން ބުނެފައިވެއެވެ. މި ހާދިސާތަކާ ގުޅިގެން ދެ ގައުމުގެ މެދުގައި ހަނގުރާމަ ހުއްޓާލާފައި އޮތުމަށްފަހު އަލުން ހަނގުރާމަ ފެށިދާނެކަމުގެ ބިރު އަނެއްކާވެސް ވަނީ ހީވެފައެވެ.
މި ހަމަލާތައް ދީފައިވާއިރު، ދެ ގައުމުން ހަނގުރާމަ ހުއްޓާލިކަން އިއުލާނުކުރުމުން ގައުމުތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.