ads
ޖެނަރަލް ޕްރެކްޓިސް ކްލިނިކް——ފޮޓޯ:ހުޅުމާލެ ހޮސްޕިޓަލް
ދެވަނަ ފިޔަވަހީގައި ގާއިމުކުރި ހުޅުމާލެ ހޮސްޕިޓަލުގެ ކްލިނިކުން ހިދުމަތް ދޭން ފަށައިފި
ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހުޅުމާލެ ހޮސްޕިޓަލުގެ "ޖެނަރަލް ޕްރެކްޓިކްސް ކްލިނިކް" އިން މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
Advertisement

ހުޅުމާލެ ހޮސްޕިޓަލުން "ސީންއެމް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މި ކްލިނިކްގެ ހިދުމަތް ދެމުންގެންދާނީ، ހުކުރު ދުވަސް އަދި ބަންދު ދުވަސްތައް ފިޔަވައި، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ހަވީރު 17:00 އަށެވެ.

ހުޅުމާލޭ ހޮސްޕިޓަލުގެ ދަށުން، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ، 16 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ހިދުމަތް ދެމުންގެންދާ މި ކްލިނިކުގައި ބަލިމީހުން ބައްލަވާ ފަރުވާދެއްވާނީ ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުން ނެވެ. މި ކްލިނިކްއިން ފަރުވާދެމުން އަންނާނީ އާންމު ބަލިތަކަށް ނަމަވެސް، ވަކިވަކި ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް ދެއްކެވުމަށް އެޕޮއިންޓްމެންޓް ހެދޭނެ އެވެ. 

your imageޖެނަރަލް ޕްރެކްޓިސް ކްލިނިކްއިން ބަލިމީހުން ބައްލަވާނީ ހުޅުމާލެ ހޮސްޕިޓަލުގެ ޑޮކްޓަރުން——

މިއަދު ހުޅުވައި ހިދުމަތް ދޭން ފަށާފައިވަނީ ކްލިނިކްގެ ފުރަތަމަ ޔުުނިޓްގެ ހިދުމަތްތަކެވެ.

މިހާރު ހިދުމަތްދެމުންދާ ޔުނިޓުގައި:

  • ލެބޯޓްރީ ޓެސްޓްތައް ހެދޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ
  • އެސްޓީއޯގެ ފާމަސީއެއް ހުންނާނެ

މީގެ އިތުރުން މި ކްލިނިކްގައި ޕަބްލިކް ހެލްތު ޔުނިޓެއްގެ އިތުރުން ނާސިން ޕްރޮސީޖާއަށް ހާއްސަ އިތުރު ދެ ޔުނިޓެއްގެ ހިދުމަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެ އެވެ.

your imageޖެނަރަލް ޕްރެކްޓިސް ކްލިނިކް——ފޮޓޯ:ހުޅުމާލެ ހޮސްޕިޓަލް

މި ކްލިނިކް ހުޅުވަން ހުޅުމާލެ ހޮސްޕިޓަލުން ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގިނަ އަދަދެއްގެ ބަޔަކު އަލަށް އާބާދުވަމުން އަންނާތީ އާއިއެކު، ހުޅުމާލެ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ މީހުންގެ އަދަދު އިތުރުވެ ހިދުމަތް ދިނުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ އެވެ. 

your imageޖެނަރަލް ޕްރެކްޓިސް ކްލިނިކް——ފޮޓޯ:ހުޅުމާލެ ހޮސްޕިޓަލް

ދެވަނަ ފިިޔަވަހީގައި އަލަށް ހިދުމަތް ފެށި މި ކްލިނިކްގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުން ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި ރައްޔިތުންނަށް ކިއޫގައި ނުުޖެހި ހިދުމަތް ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ. 

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް