ads
ވެއްޓުނު ނޭޕާލްގެ ފްލައިޓްގެ ބައިތައް ނެގުމުގައި ސިފައިން ހަރަކާތްތެރިވަނީ
ވެއްޓުނު ނޭޕާލް ފްލައިޓުން މަރުވި މީހުންގެ އަދަދު 60 އަށް
ނޭޕާލް ގެ ފްލައިޓް ވެއްޓި ހިނގި ހާދިސާގެ ސަބަބުން މިހާތަނަށް މަރުވި މީހުންގެ 60 އަށް އަރާފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްލައިޓްގެ އިންޖީނަށް ދިމާވި މައްސަލައެއްގެ ސަބަބުން ފްލައިޓް ވެއްޓިފައި ވާއިރު، އެ ފްލައިޓްގައި އެވަގުތު ހަތަރު ފަޅުވެރިއަކާއި އެކު ޖުމްލަ 72 ފަސެންޖަރުން ތިބިކަމަށް ނޫސްތަކުގައި ވަނީ ބުނެފަ އެވެ. ފްލައިޓް ވެއްޓުނު އިރު އޭގައި 15 ފަތުރުވެރިން ތިބި ކަމަށްވެސް ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ އެވެ. 

މި ހާދިސާ އާއި ގުޅޭ ގޮތުން ޔެޓީ އެއާލައިންގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 60 މީހެއްގެ ހަށިގަނޑު ފެނިފައި ވާކަމަށް ވަނީ ބުނެފަ އެވެ. އަދި މިހާތަނަށް ފްލައިޓުން ދަތުރުކުރި އެކަކުވެސް އަދި ދިރިހުއްޓާ ފެނިފައި ނުވާ ކަމަށް އޮފިޝަލް ވަނީ ބުނެފަ އެވެ. 

އެ ބޯޓުން ދަތުރު ކުރި ގިނަ މީހުންގެ މަރުވެފައިވާ ހަށިގަނޑުތައް ފެނިފައި ވާއިރު، ބާކީ ތިބި މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ ސިފައިންނާއި ކަމާއި ގުޅުންހުރި އިދާރާތަކުން ކުރަމުން އަންނަ އިރު، ބައެއް މީހުންގެ ގުނަވަންތައް ހަށިގަނޑާއި ވަކިވެފައި ވާކަމަށް ރިޕޯޓުތަކުން ވަނީ ބުނެފަ އެވެ. 

ފްލައިޓް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވަމުން ދާއިރު، މީހުން ދިރިއުޅޭ ހިސާބާއި ވަރަށް ތިރިން ފްލައިޓް ދަތުރުކުރާ މަންޒަރު ވަނީ ފެނިގެން ގޮސްފަ އެވެ. އަދި ފްލައިޓް ވެއްޓުމުގެ ކުރިން އެނބުރެމުން އެނބުރެމުން ދިޔަ މަންޒަރުވެސް ބައެއް ވީޑިއޯ ތަކުން ވަނީ ފެނިފަ އެވެ. 

މިހާދިސާ އާއި ގުޅިގެން ޔެޓީ އެއާލައިންސް އިން ބުނީ، ފްލައިޓް ވެއްޓެން ދިމާވި ސަބަބުން ބަލާ ތަހުގީގު ކުރާނެ ކަމަށާއި، އެހެން ނަމަވެސް އެންމެ ފުރަތަމަ މަސައްކަތް ކުރާނީ، ދިރިހުރި މީހަކު ހޯދުމުގެ މަސައްކަތް ކަމަށެވެ. އަދި މިހާދިސާގައި މަރުވި ފަރާތްތަކުގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާކަމަށް އެ އެއާލައިން އިން ވަނީ ބުނެފަ އެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް