
އެގައުމުގެ ފުލުހުންނަށް މަޓިއޯ މެސީނާ ޑެނާރޯ ފިލައިގެން އުޅޭތާ މިހާރު 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު، އޭނާ ހައްޔަރު ކޮށްފައިވަނީ، އެގައުމުގެ ސިސިލީއަން ގައި ހުރި ޕްރައިވެޓް ކްލިނިކެއް ތެރޭގައި ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އެސޯސިއޭޓަޑް ޕްރެސްގައި ވަނީ ބުނެފަ އެވެ.
1992 ވަނަ އަހަރު އެގައުމުގެ ކޯޓުން ވަނީ، އޭނާ އުމުރު ދުވަހަށް ޖަލަށް ލުމަށް އޭނާގެ ގައިރު ހާޒިރުގައި ހުކުމް ކޮށްފަ އެވެ. އޭގެ ފަހުން މިއަދާއި ހަމައަށް އޭނާ އުޅުނީ އެގައުމުގެ އިދާރާތަކަށް ފިލައިގެންނެވެ. މީގެ އިތުރުން 1993 ވަނަ އަހަރު ފްރާންސް އަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެންވެސް އޭނާ ހޯދުމަށް އިދާރާތަކުން ވަނީ އިއުލާންވެސް ކޮށްފަ އެވެ.
ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، މަޓިއޯ މެސީނާ ޑެނާރޯ އަކީ، ކޯސާ ނޯސްޓްރާ މާފިއާގެ ބޮޑުމީހާ އެވެ. އެހެން ކަމަށް ވާނަމަ މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ އެންމެ ބޮޑެތި ކުށްތައް ހިންގަމުން އަންނަ މާފިއާ ގުރޫޕުގެ ލީޑަރެވެ.
އިޓަލީގެ އެންމެ ނުރައްކާތެރި ކުށްވެރިޔާ، މަޓިއޯ މެސީނާ ޑެނާރޯ
އޭނާ ހައްޔަރު ކުރުމަށް އެގައުމުގެ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނަށް ފަހު އޭނާ ހައްޔަރު ކޮށްގެން ގެންދިޔަ ސީދާ ތަނެއް އަދި މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. މީގެ ކުރިން އޭނާ އާއި ބެހޭ ސައްހަ މައުލޫމާތު އިދާރާތަކަށް ހިއްސާ ކުރާ ފަރާތްތަކަށް މިލިއަނަކަށް ވުރެ ގިނަ ޑޮލަރުގެ އިނާމު ދިނުމަށްވެސް އިޓަލީ ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.