
ވީއައިއޭ
އެޢާޕޯޓުން މަސްތުވާތަކެތި ގެއްލުން، ފުލުހުން ބުނަނީ ހަވާލު ނުކުރާކަމަށް!
ފާތިމަތު އަހްމަދު ޝަރީފް
17 ޖެނުއަރީ 2023 - 13:02:56
ލަގެޖުގައި މަސްތުވާތެކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޕާކިސްތާން މީހާ އާއިއެކު މަސްތުވާތަކެތި ހަވާލު ނުކުރާކަމަށާއި ހެކި ނެތުމުން ޕާކިސްތާން މީހާ ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނިގޮތުުގައި މިމަހުގެ އަށްވަނަ ދުވަހު ރާއްޖެއައި ޕާކިސްތާން މީހެއްގެ ލަގެޖުގައި މަސްތުވާތެކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އޭނާ ފުލުހުންނާއި ހަވާލުކުރީ ކަސްޓަމްސް އިން ނެވެ. ނަމަވެސް އެދުވަހު އޭނާގެ ލަގެޖު ހަވާލުކޮށްފައި ނުވެ އެވެ.
ފުލުހުންގެ ތަހުގީގުތެރޭ އޭނާއާއި ސުވާލުކުރުމުން، 30 ކިލޯގެ އިތުރު ލަގެޖެއް ގެނައިކަމަށާއި، ލަގެޖު ގެންދިޔަ މީހަކު ނޭނގޭ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
ފުލުހުން ބުނީ، މިހާތަނަށް ވީއައިއޭއިން ލިބިފައިވާ ސީސީޓީވީ ފުޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، އެއަޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީ ކެމެރާވެސް ނެތްކަން ފާހަގަކުރެވިިފައިވާ ކަމަށެވެ.
"އޭނާ އާއި މެދު ތުހުމަތުކޮށް ބަންދުގައި ބެހެއްޓޭނެ ހެކި ނެތުމުން އޭނާ ވަނީ ދޫކޮށްލާފައި، " ފުލުހުން މިއަދު ބުންޏެވެ.
މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް