ads
ރައީސް ސޯލިހްގެ އިހަވަންދޫއަށް ވަޑައިގަތީ މިއަދު——ފޮޓޯ: ކެމްޕެއިން ޓީމް
މަރުހަބާ ދަންނަވަން ދަރިވަރުން ނެރެން އެއްވެސް ސްކޫލަކަށް ނާންގަން: އެޑިއުކޭޝަން
ސަރުކާރުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި މަރުހަބާ ދަންނަވަން ސްކޫލު ދަރިވަރުން، ސްކޫލުތަކުން ނެރެނީ އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ނޫން ކަމަށާއި، އިރުޝާދު ދީފައި އޮންނާނީ އެކަން އެގޮތަށް ނުކުރުމަށް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕެއިން ކުރައްވަން މިއަދު ހއ. އިހަވަންދޫ އަށް ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނިކޮށް، ރައީސް އަށް މަރުހަބާ ދެންނެވުމަށް އެރަށު ސްކޫލުގެ ގުރޭޑު 1 ފެށިގެން 5 ގެ ދަރިވަރުން ސަގާފީ ހެދުމުގައި ނުވަތަ ގައުމީ ހެދުމެއްގައި ބެލެނިވެރިންނާއިއެކު ބަނދަރު ސަރަަހައްދަށް ދިއުމަށް އެ ސްކޫލުން ވަނީ އަންގާފަ އެވެ. 

މިކަމާއި ގުޅިގެން ބެލެނިވެރިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށް، އެޑިއުކޭޝަން މިނިސްޓްރީ އާއި މީޑިއާތަކުން ސުވާލުކުރުމުން އެ މިނިސްޓްރީން ބުނީ، އެ ސްކޫލުން އެފަދަ އެންގުމެއް އަންގާފައިވަނީ އެ މިނިސްޓްރީއަށް އެގިގެން ނޫން ކަަމަށާއި، މަރުހަބާ ދެންނެވުމަށް ދަރިވަރުން ނެރުމަކީ މިނިސްޓްރީން އިރުޝާދު ދޭ ކަމެއް ނޫން ކަމަށެވެ.  

"މިއީ މިނިސްޓްރީއަށް އެގިގެން ސްކޫލުން ކުރި ކަމެއް ނޫން. އަޅުގަނޑުމެން އަމަލު ކުރަނީ [2018 ވަނަ އަހަރު ނެރެފައި އޮތް] ސާކިއުލާ އާއި އެއްގޮތަށް. އަދި ސްކޫލުތަކަށް އިރުޝާދު ދީފައި އޮންނާނީ ވެސް އެގޮތަށް." މިނިސްޓްރީން ބުންޏެވެ.

މަރުހަބާ ދެންނެވުމަށް ދަރިވަރުން ނުނެރުމަށް އަންގައި 2018 ވަނަ އަހަރު އެ މިނިސްޓްރީން އޮތީ ސާކިއުލާއެއް ނެރެފަ އެވެ.  

އެޑިއުކޭޝަން މިނިސްޓަަރު އައިޝަތު އަލީ ސޮއިކުރައްވާ ނެރުނު އެ ސާކިއުލާގައި ވަނީ، ސަރުކާރުގެ އިސްވެރިންނާއި އިއްޒަތްތެރިން ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، މަރުހަބާ ކިއުމަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށް ނުވާތީ، އެކަން އެގޮތަށް ނުކުރުމަށް އަންގާފަ އެވެ. ދަރިވަރުން ގިނަ ވަގުތު ކޮޅަށް އަވީގައި ބޭތިއްބުމަކީ އެކަމުން ސިއްހަތަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއްކަމަށް އެ ސާކިއުލާގައި ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް