ads
ކުރީގެ ރައީސް ޔާމީން ފޮޓޯ: ހުސެއިން ވަހީދު/ އަދަދު
"ރައީސް ޔާމީނަށް ކުރިމަތިލެއްވޭނެ، އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުުގައި އޮންނާނެ"
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިލެއްވޭނެ ކަމަށާއި، އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފި އެވެ.
Advertisement

ރައީސް ޔާމީންއަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފު ކޮށް، ރިޔާސީ އިންތިހާބުގެ ކުރިން މިނިވަންވެ، އިންތިހާބުގައި ވާދަކުރެއްވޭނެހާ މުއްދަތު މިހާރު އޮތް ކަަމަށް ނުބެލެވޭ ކަމަށް ބުނެ، އެ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިިންގެ ބައްދަލުވުމުގައި ނޫސްވެރިން ސުވާލުކޮށްފައި ވެއެވެ. 

އެ ހާލަތުގައި ޕާޓީން ގެންގުޅޭ ވިސްނުމާއި ބެހޭގޮތުން ސުވާލުކުރުމުން ނޫސްވެރިންގެ ބައްދަލުވުން ލީޑު ކުރައްވަން ހުންނެވި އެ ޕާޓީގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށާއި، އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ. 

"އެކަމަކަށް ބަދެލެއް ނާދޭ. އަދި ބަދަލެއް ނުވެސް އަންނާނެ. އަޅުގަނޑުމެންގެ މި ޕާޓީން ގަބޫލުކުރައްވާ ގޮޮތުގައި ރައީސް ޔާމީން އަށް ކުރިމަތިލެއްވޭނެ ރިޔާސީ އިންތިހާބުގައި އިރާދަކުރެއްވިއްޔާ. އެމަނިކުފާނުގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ، އަދި ރައީސް ޔާމީންއަށް ކުރިމަތި ނުލެއްވޭ ގޮތަށް މި ސަރުކާރުން ބާއްވަން އުޅޭ އިންތިހާބަކީ އެއީ އެއްވެސް އިންސާފުވެރި މިިނިވަން އިންތިހާބެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުވެސް ކުރާނަން، " ހީނާ ވިދާޅުވި އެެވެ.

އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން، އިންތިހާބެއްގެ ކެމްޕެއިންތައް ކޮށް، ރަށްރަށަށް ވަޑައިގެން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހް ކުރައްވަމުން ގެންދަވާ ކަންކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށްވެސް ހީނާ މިއަދު  ވިދާޅުވި އެވެ. ހީނާ ވިދާޅުވީ، އިންސާފުވެރި އިންތިހާބަކަށް ވާނީ، އިދިކޮޅު ލީޑަރަށްވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީ މިނިވަން ކޮށްފައި ބަހައްޓައިގެން ބާއްވާ އިންތިހާބެއް ކަމަށެވެ. 

"އަޅުގަނޑުމެން އެދެނީ ރައީސް ޔާމީން މިހާރުން މިހާރަށް މިނިވަންކޮށް، އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލެވޭ ގޮތަށް މި ސަރުކާރުން އަމަލުކޮށްދިނުން،" ހީނާ ވިދާޅުވި އެވެ.

ވ.އާރަށު މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް އިއްވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެމަނިކުފާނާއި ހަވާލުކޮށް، ވަރުގަދަ ކެމްޕެއިންތަކެއް ކުރަމުން ދަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. 

ޔާމީން އަށް އައި ޖަލު ހުކުމާއި ގުޅިގެން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިދާނެ ކަމުގެ ބިރުހީވެފައިވާ މިދަނޑިވަޅުގައި އެ ހުކުމް ވީހާވެސް އަވަަހަށް އިސްތިއުނާފު ކުރާނެކަމަށް ވަކީލުން އެދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ. އެކަން ލަސްވެފައިވަނީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓާ އެކު މަހުޟަރު ބަޔާންތައް ހަވާލު ނުކުރާތީ ކަމަށް ވަކީލުން ވިދާޅުވެފައިވަނިކޮށް، މިމަހުގެ 15 ވަނަ ދުވަހު އެ ލިއުންތައް ކޯޓުން ވަނީ ހަވާލުކޮށްފަ އެވެ. 

ރިޕޯޓާއި ބަޔާންތައް ހަވާލުކުރުމާއިއެކު، ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކްމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ޔާމީންގެ ވަކީލުންގެ ޓީމުން މިހާރު ވަނީ ފަށާފައެވެ. އިސްތިއުނާފަށް ހުށަހެޅުމަށް ބަންދު ދުވަސްތަކާއި ނުލައި ގާނޫނުގައި ބުނާ 60 ދުވަސް ލިބޭނެ އެވެ. 

ޔާމީން ޖަލަށް ލި ނަމަވެސް، އެ ޕާޓީގެ ރިޔާސީ ކެންޑިޑަސީ ބަދަލު ނުވާނެ ކަމަށާއި ސްޕްރީމް ކޯޓުގައި އެ ހުކުމް އިސްތިއުނާފްކޮށް ޔާމީން މިނިވަންވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިދިކޮޅުން މީގެ ކުރިންވެސް ވަނީ ބުނެފައި ވެއެވެ. 

64%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
18%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް