ads
ޓޮބްލަރޯން ލޯގޯގައި ބެއާއެއް
ލޯގޯގައި ބެއާއެއް އިންނަކަން އެނގުނީ 30 އަހަރު ވަންދެން ކެއިފަހުން
ފާއިތުވި 30 އަހަރު ޓޮބްލަރޯން ޗޮކްލެޓް ކަމުން އައި މީހަކަށް އެ ޗޮކްލެޓްގެ ރަސްމީ ލޯގޯގައި ބެއާއެއް އިންނަކަން އެނގުމުން ހައިރާންވެ އެކަން ސޯޝަމް މީޑިއާގައި ހިއްސާކޮށްފިއެވެ.

ޕްރޮފެޝަންލް ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންކްޑްއިންގައި ރާލްފް އަބޫޖައުޑޭ ޑިއާޒް ކިޔާމީހަކު ކުރި ޕޯސްޓެއްގައި ބުނީ އޭނާއަކީ ފާއިތުވި 30 އަހަރުވެސް ވަރަށް ގިނައިން ޓޮބްލަރޯން ޗޮކްލެޓްކެއި މީހެއްކަމަށެވެ. ނަމަވެސް އެޗޮކްލެޓްގެ ލޯގޯގައި ބެއާއެއް އިންނަކަން 30 އަހަރު ފަހުން އެނގުމުން ހައިރާންވިކަމަށް އޭނާ ބުނެފައިވެއެވެ. 

އޭނާބުނީ ޗޮކްލެޓްގެ ލޯގޯގައި ހިމެނޭ ފަރުބަދަތަކުގެ ތެރެއިން ބެއާއެއް ފެންނަކަން އެނބުނީ ކޮމްޕިއުޓަރ ވިޝަން އެލްގޮރިޒަމް ބޭނުންކޮށްގެން ކަމަށެވެ.

"30 އަހަރަށް ވުރެ ގިނަ ދުވަހު ޓޮބްލެރޯން ކައިގެން އަހަރެން އިންތިޒާރު ކުރަން މިޖެހެނީ ކޮމްޕިއުޓަރ ވިޝަން އެލްގޮރިދަމަކުން މި އައިކޮނިކް ފަރުބަދަގައި ފޮރުވިފައިވާ ބެއާއެއް ހުރިކަން ކިޔައިދޭން" އޭނާ ހައިރާންކަމާއިއެކު ހިއްސާކޮށްފައި ވެއެވެ.

އޭނާބުނީ ޗޮކްލެޓްގެ ލޯގޯއިން ބެއާ ފެނުމުން އޭގެ އަސްލުވެސް ވިސްނައިގަނެވުނު ކަމަށާއި ޓޮބްލަރޯން އުފައްދަނީ ސްވިޒަލޭންޑްގެ ބާންގައިކަމަށް ވުމާއި ފަރުބަދަމަތީ އެސަރަހައްދަކީ ގިނަ އަދަދަކަށް ބެއާ އުޅޭ ސަރަހައްދަކަށް ވުމުން، ޗޮކްލެޓް ލޯގޯގައިވެސް ބެއާ ހިމަނާފައިވަނީކަމަށް ގަބޫލުކުރެވޭކަމަށެވެ.

އޭނާގެ ޕޯސްޓަށް ބައެއް މީހުން ހެއްވަ ކޮމެންޓްތަައްވެސް ކޮށްފައިވެއެވެ. އޭގެތެރެއިން އެކަކުބުނީ ކޮމްޕިއުޓަރ ވިޝަން އެލްގޮރިދަމް ބޭނުންކޮށްގެން އިތުރަށް ބަލައިފި ނަމަ، ލޯގޯގައިވާ ފަރުބަދަތައް ކޮޅުކޮޅަށް ދުވާތަންވެސް ފެންނާނެ ކަމަށެވެ.

57%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް