ސްނޭކް ވޯލްޑް ކިޔާ އިންސްޓަގްރާމް އައިޑީއަކުން އާއްމުކޮށް ދޫކޮށްލި މި ކުރު ވީޑިއޯއިން ފެންނަނީ މީހަކު ގޯންޏަކަށް ހަރުފަތަކެއް އަޅައިގެން އައިސް އެގޯނި ތަޅުވާލުމަށްފަހު ފައި ކައިރިއަށް ހަރުފަތައް ދޫކޮށްލާ މަންޒަރެވެ.
ފަރުފަތައް ދޫކޮށްލުމުން އެތަކެތި އެތައް މިތަނަށް ދުއްވައި
ގަންނައިރު، އެއްވެސް ހުރަހެއް ނެތި އެމީހާ ހަރުފަތަކުގައި އަތްލާ މަންޒަރުވެސް ފެނެއެވެ.
ހަރުފަތަރުގެ ތެރޭގައި ވިހަގަދަ ބާވަތްތަކުގެ ހަރުފަތައްވެސް ހުރިއިރު އެމީހާ އެއްވެސް ބިރެއްނެތި އެކަތެއްޗާއި ކުޅޭތަން ފެނުމުން ވީޑިއޯބެލި ގިނަ މީހުން ވަނީ ހައިރާންވެގެން އެވާހަކަ ދައްކާފައެވެ. މި ވީޑިއޯ މިހާރުވަބީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ.