ads
ހެއްކާބެހޭ ގާނޫނަށް އަމަލުކުރަން ފެށީ މިއަދު
ހެއްކާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި
ހެއްކާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ.

ހެއްކާ ބެހޭ ގާނޫނަށް އަމަލު ކުރަން މިއަދު މި ފެށުނީ، އެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތީން ގާނޫނު ތަސްދީގު ކުރިތާ ހަ މަސް ދުވަސް ފަހުންނެވެ. އެ ގާނޫނު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.

ހެއްކާ ބެހޭ ގާނޫނާ ގުޅިގެން ނޫސްވެރިންވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. ގާނޫނުގެ 136 ވަނަ މާއްދާގައިވާ ގޮތުން ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި ނޫސްވެރިންގެ ހަބަރުތަކުގެ މަސްދަރު ހާމަކުރަން ކޯޓަށް މަޖުބޫރު ކުރެވޭނެ އެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން ނިންމައި، މަޖިލީހަށްވަނީ ހުށަހަޅާފައެވެ.

ހެއްކާބެހޭ އާ ގާނޫނެއް އެކުލަވާލައި މިއަދު އަމަލު ކުރަން ފަށާފައިވާއިރު، މިވީހާ ތަނަށް ހެއްކާ ބެހޭ ގާނޫނެއްގެ ގޮތުގައި އަމަލު ކުރަމުން އައިސްފައިވަނީ 1970 ގެ އަހަރުތަކުގައި އެކުލަވާލާފައިވާ އެންމެ ހަ މާއްދާގެ މައްޗަށް އެކުލެވޭ ގާނޫނެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް