ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޖައިޝަންކަރު އިންޑިއާއިން މިއަދު ރާއްޖެ ވަޑައިގަތީ ސީދާ ނ. މާފަރު އިންޓަނޭޝަނަލް އެއަޕޯޓަށެވެ. މާފަރު އިންޓަނޭޝަނަލް އެއަޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، މިނިސްޓަރު ޝާހިދެވެ. އަދި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅުގެ ކައުންސިލް މެމްބަރުންނާއި، ނ. މާފަރު ކައުންސިލުވެސް އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެއަޕޯޓަށް ވަޑައިގެންފައި ވެއެވެ.
މާފަރު އިންޓަނޭޝަނަލް އެއަޕޯޓުން ނިކުމެވަޑައިގަންނަވާނީ
މިނިސްޓްރީން ބުނިގޮތުގައި މި ދަތުރުފުޅުގައި:
މަނަދޫއަށް ވަޑައިގެންނެވުމުން ސަގާފީ ހަރަކާތްތަކާއިއެކު މަރުހަބާ ކިޔާފައިވޭ———
މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިވަގުތު ރައީސްވެސް ހުންނެވީ، ހދ. އަތޮޅުގެ ހަތަރު ރަށެއްގައި އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ގައެވެ. މިރޭ ހަނިމާދޫގައި ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާ ރަސްމިޔާތުގައި ރައީސް ސޯލިހްވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ޖައި ޝަންކަރުގެ ދެ ދުވަހުގެ ރަސްމީ މި ދަތުރުފުޅު ނިންމަވާލައްވާ އަބުރާ ގައުމަށް ވަޑައިގަންނަވާނީ މާދަމާ އެވެ. ޖައިޝަންކަރު ރާއްޖެއަށް އެންމެ ފަހުން ދަތުރުފުޅެއް ކުރައްވާފައިވަނީ، 2022 ވަނަ އަހަރުގެ މާޗު މަސްތެރޭ އައްޑޫ ސިޓީއަށެވެ. މިއަދު މިކުރައްވާ ދަތުރުފުޅަކީ، 2019 ވަނަ އަހަރު މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގެންފަހުން ރާއްޖެ އަށް ކުރައްވާ މިފަދަ ހަތަރުވަނަ ދަތުރުފުޅެވެ.